logoEN
cocacola
އިންޑިއާގެ ލޯކް ސަބާގެ ރައީސަކަށް ބީޖޭޕީގެ އޯމް ބިރްލާ!

އިންޑިއާގެ ލޯކް ސަބާގެ ރައީސަކަށް ބީޖޭޕީގެ އޯމް ބިރްލާ!

އަހުމަދު ޝުރާއު

logo

6/26/2024, 9:30:02 AM

# އިންޑިއާ

--

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސްގެ މަގާމު ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ލިބިއްޖެ އެވެ.

ގޮސިޔާ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީއަށް ނިސްބަތްވާ އޯމް ބިރްލާ އަނެއްކާވެސް ލޯކް ސަބާގެ ރައީސަކަށް ހޮވިވަޑައިގެންނެވީ ލޯކް ސަބާގައި ނެގި ވޯޓަކުންނެވެ. އޯމް ބިރްލާއާއި ވާދަކުރެއްވީ އިދިކޮޅު ކޮންގްރެސް ޕާޓީން ކޮޑިކުންނިލް ސުރޭޝް އެވެ.

އޯމް ބިރްލާއަކީ ކުރީ ދައުރުގައިވެސް ލޯކް ސަބާގެ ރައީސްކަން ކުރެއްވި ބޭފުޅާއެވެ.

އިންޑިއާގެ ގާނޫނު ހަދާ ތިރިގޭގެ ރައީސަކީ އާންމުގޮތެއްގައި އެންމެ ބޮޑު ޕާޓީއަށް ނިސްބަތްވާ ޕާޓީތަކުގެ މެދުގައި އިއްތިފާގުން އިންތިހާބު ކުރައްވާ ބޭފުޅެކެވެ.

ވަރުގަދަ އަޣުލަބިއްޔަތާއެކު ފަސް އަހަރުގެ ދެ ދައުރެއް ހޯއްދެވުމަށްފަހު މޯދީގެ ހިންދޫ-ނޭޝަނަލިސްޓް ބީޖޭޕީއަށް ތިރިގޭގެ 543 ގޮނޑީގެ ތެރެއިން ލިބުނީ އެންމެ 240 ގޮނޑި އެވެ. އެކަމުގެ ސަބަބުން ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)ގެ ބެނާގެ ދަށުން ސަރުކާރެއް އުފެއްދުމަށް ޓަކައި ކުދި ބައެއް ޕާޓީތަކާ އެކު ހަރުކަށި މަޝްވަރާތަކެއް ކުރަން މޯދީ އަށް މަޖުބޫރުވި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ