logoEN
cocacola
ވައިކަރަދޫ ދާއިރާގެ ކުރީގެ މެމްބަރު ނާޒިމް ޕީއެންސީއާއި ގުޅިވަޑައިގެންފި

ވައިކަރަދޫ ދާއިރާގެ ކުރީގެ މެމްބަރު ނާޒިމް ޕީއެންސީއާއި ގުޅިވަޑައިގެންފި

އަހުމަދު ޝުރާއު

logo

6/24/2024, 11:15:24 AM

# ޕީއެންސީ

--

18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވައިކަރަދޫ ދާއިރާ ތަމްސީލް ކުރެއްވި މުހައްމަދު ނާޒިމް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއާއި ގުޅިވަޑައިގެންފި އެވެ.

ގޮސިޔާ

ކުރީގެ މެމްބަރު ނާޒިމް ޕީއެންސީއާއި ގުޅިވަޑައިގެންނެވީ ޕީއެންސީގެ މައި ހަރުގެ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެވެ.

އެގޮތުން ނާޒިމްގެ މެމްބަރޝިޕް ފޯމާއި ޕީއެންސީގެ ފަރާތުން ހަވާލުވަވަޑައިގެންނެވީ އެޕާޓީގެ ރައީސް އަދި ރާއްޖޭގެ ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ.

ނާޒިމް އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ވައިކަރަދޫ ދާއިރާ ތަމްސީލު ކުރެއްވި މެމްބަރެވެ. 2019 ވަނަ އަހަރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕްރައިމެރީގައިވެސް ވާދަކުރެއްވި ނާޒިމް އަށް ޕްރައިމެރީ ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެފަހަރު އެމްޑީޕީގެ ޕްރައިމެރީ އާއި ވައިކަރަދޫ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބުކުރެއްވީ މުހައްމަދު ޒިޔާދު ( ފިއްޓޭ ) އެވެ. ފިއްޓޭއަކީ 20 ވަނަ މަޖިލީހުގައިވެސް އެދާއިރާ ތަމްސީލް ކުރައްވާ މެމްބަރެވެ.

ނާޒިމް ދާދި ފަހާއި ޖެހެންދެންވެސް ހުންނެވީ އިދިކޮޅު އެމްޑީޕީގެ މެމްބަރެއްގެ ގޮތެއްގައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ