logoEN
cocacola
ރަޝިއާގެ ޓޫރިސްޓުންގެ އަދަދު އެއްލައްކަ އަށް!

ރަޝިއާގެ ޓޫރިސްޓުންގެ އަދަދު އެއްލައްކަ އަށް!

އަލްފާ އަލީ

logo

6/24/2024, 8:25:38 AM

# ޓޫރިޒަމް މިނިސްޓްރީ

-

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ރަޝިއާ ފަތުރުވެރިންގެ އަދަދު 100,000 އަށް ވުރެ މައްޗަށް އަރައިފި އެވެ.

ގޮސިޔާ

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު, މި މަހުގެ 22 އާ ހަމައަށް ރަޝިއާ އިން އެކަނިވެސް 100،677 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފައެވެ.

ރަޝިއާ މާކެޓް މިވަގުތު އޮތީ ދެވަނައިގައެވެ. އެއްވަނައިގައި އޮތް ޗައިނާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަަދަދު 113،702 އަށް އަރައެވެ. ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން އައިސްފައިވަނީ 91،032 ޓޫރިސްޓުންނެވެ.

މި މަހުގެ 22 އާ ހަމައަށް ރާއްޖެ އަށް ޖުމްލަ 981،070 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު, އެއްމިލިއަން ވަނަ ޓޫރިސްޓް މިމަހުގެ ފަހުކޮޅު ރާއްޖެ އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން އަމާޒު ހިފާފައިވަނީ, މިއަހަރު 2.3 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ