
މަސްވެރިންނާ ގުޅޭގޮތުން ކުއްލި މައްސަލަ ހުށަހެޅި މެމްބަރު ހާޒިރުނުވާތީ މައްސަލަ ކުރިއަށް ނުގެންދެވުނު
# މަސްވެރިން-
މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުއްވި ނަމަވެސް ޖަލްސާ ފެށުނުއިރުވެސް ހާޒިރުވެވަޑއިގެންފައިނުވާތީ އެމައްސަލަ ކުރިއަށް ނުގެންދެވުނެވެ.

މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ހުށަހެޅުއްވި ކުއްލި މައްސަލައަކީ މަސްވެރިންނަށް ފައިސާ ލިބުމުގައި ލަސްތަކެއްވުމާއެކު މަސްވެރިން ކުރަމުން އަންނަ އިހުތިޖާޖާ ގުޅުންހުރި މައްސަލައެކެވެ. އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުން އިއްޔެ ބުނެފައިވަނީ އެފަދަ ކުއްލި މައްސަލައެއް މިއަދުގެ ޖަލްސާއަށް ހުށަހަޅާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީ ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައެއް މަޖިލީހަށް ލިބިފައިވާ ކަމަށާއި އެ ކުއްލި މައްސަލަ ހުށަހެޅުމުގެ ފުރުސަތު މެންބަރަށް އެރުވި ނަމަވެސް މެންބަރު ތަޅުމަށް ހާޒިރުވެ ނެތުމުން ކުއްލި މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.
ހުކުރު ދުވަހުން ފެށިގެން އައްޑޫ ސިޓީގައި މަސްވެރިން އަންނަނީ މުޒާހަރާ ކުރަމުންނެވެ. އެމީހުން އަޑު އުފުލަމުން އަންނަނީ, ފާއިތުވި ދެ މަހާއި 17 ދުވަހު ކިރުވި މަހަށް ލިބެންވާ ފައިސާ ނުލިބިގެންނެވެ. މިފައިސާ ނުލިބެނީސް މުޒާހަރާ ނުހުއްޓާނެކަމަށް މަސްވެރިން ބުނެފައިވާއިރު, އައްޑޫ ސިޓީ ހުޅުމީދޫގައި ހިންގާ މިފްކޯގެ މަސްފެކްޓަރީގެ މަސައްކަތްވެސް މަސްވެރިން ވަނީ ހުއްޓުވާފައެވެ.
ގުޅުންހުރި

މަސްކިރުވިތާ 48 ގަޑިއިރުން މަސްވެރިންނަށް ފައިސާ ޖަމާކޮށްފި , މިއަދު އެކަނިވެސް 2 މިލިއަން ރުފިޔާ ޖަމާކުރި!

މަސްވެރިންނަށް ނުދެވި ހުރި ފައިސާ ހަވާލުކުރުމަށް މިފްކޯއާ ހަވާލުކޮށްފިން - ރައީސް

މަސްވެރިންގެ ދަފްތަރުގައި 300 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީކޮށްފި
