
މަސްވެރިންގެ ދަފްތަރުގައި 300 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީކޮށްފި
# މަސްވެރިންގެ ދަފްތަރު# މަސްވެރިން-
މަސްވެރިންގެ ޤައުމީ ދަފްތަރުގައި މިހާތަނަށް 300 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ހުޅުވާލީ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. ގެ އެންމެ ބޮޑު ބޭނުމަކީ މަސްވެރިންނަށް މާލީ ވަސީލަތްތަކުގެ ފައިދާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލާ މަސްވެރިކަމަކީވެސް ރާއްޖޭގައި ރަސްމީކޮށް ބަލައިގަންނަ ވަޒީފާއަކަށް ހެދުން ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނީ މިހާތަނަށް 305 އުޅަނދެއް މި ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާކަމަށެވެ. މި މަސައްކަތަށް މިނިސްޓްރީގެ ޓީމުތައް ދަނީ ރާއްޖޭގެ އެކި ސަރަހައްދުގައި މަސައްކަތް ކުރަމުންނެވެ.
މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދެކެވެ.
ގުޅުންހުރި

މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން 89 މަސްވެރިއަކަށް ލޯނު ދޫކޮށްފި

މަސްކިރުވި ދޯނިތަކަށް 1.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

މެރިކަލްޗާރ ޓްރެއިނިންގ ކޯސް ފަށައިފި

.gif&w=3840&q=75)



