ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
އަހުމަދު ޝުރާއު
10/12/2024, 8:44:12 AM
--
2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ޙަފްލާގައި ދެވޭ އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ހުޅުވާލާފައިވަނީ ޖުމުލަ ތިން އެވޯޑަކަށް އެދި ހުށަހެޅުމަށެވެ. އެއީ މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް) ގެ އެވޯޑަށާއި މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި) ގެ ކެޔޮޅުގެ އިތުރުން އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށެވެ.
މި ތިން އެވޯޑުގެ ތެރެއިން އެވޯޑަކަށް ކުރިމަތިލުމަށް ބޭނުންވާ، އިސްވެ ދެންނެވި ޝަރުތުތައް ފުރިހަމަވާ ފަރާތްތައް ކަމާގުޅޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 7 ނޮވެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން އެެވެ.
އެވޯޑުތަކަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ދެ ފޯމު މިނިސްޓްރީގެ ވެބްސައިޓް www.fisheries.gov.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.
ކެޔޮޅު އެވޯޑް އެޕްލިކޭޝަން ފޯމް:
https://fisheries.gov.mv/images/KEYFISH2024-1728477604350.pdf
ފަރުމަސްވެރިޔާ އެވޯޑް އެޕްލިކޭޝަން ފޯމް:
https://fisheries.gov.mv/images/REEFFISH2024-1728477607502.pdf
މި އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވިފައެވެ. އެވޯޑަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީގެ އީމެއިލް އެޑްރެސް އަށް ފޮނުއްވުން ވަނީ އެދިފައި އެވެ.