logoEN
cocacola
ހިޒްބުالله ގެ ހަމަލާތަކާއި އެކު އުތުރު އިޒްރޭލު ރޯވެ އަނދަނީ , ޔަހޫދީ ސިފައިންތަކެއްވެސް މަރާލައިފި!

ހިޒްބުالله ގެ ހަމަލާތަކާއި އެކު އުތުރު އިޒްރޭލު ރޯވެ އަނދަނީ , ޔަހޫދީ ސިފައިންތަކެއްވެސް މަރާލައިފި!

އަހުމަދު ޝުރާއު

logo

6/23/2024, 12:31:12 PM

# އިސްރާއިލް

--

ލުބުނާނުގެ ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ހިޒްބުالله އިން އުތުރު އިޒްރޭލުގެ ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

ގޮސިޔާ

އަލް ޖަޒީރާއިން ރިޕޯޓުކުރާގޮތުގައި އިޒްރޭލުގެ ވައިގެ ދިފާއީ ބާރުތަކުން ލުބުނާނުން ވައިގެ މަގުން ދޭ ނުރައްކާތައް ފާހަގަކުރެވިފައިވާކަމަށާއި ބައެއް ރޮކެޓުތަކާއި މިސައިލްތައް އެގައުމަށް ވެއްޓިފައިވާކަން ވަނީ ކަށަވަރުކޮށްދީފައި އެވެ.

އިޒްރޭލުގެ އަޔަން ޑޯމްތަކުން މި ހަމަލާތަކުން ސަލާމަތްވުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން ފުނޑުފުނޑު ވެގެން ވެއްޓުނު މިސައިލްތަކާއި ރޮކެޓުތަކުގެ ކުނިތަކުގެ ސަބަބުން އިޒްރޭލުގެ އުތުރުގެ ބައެއް ސަރަހައްދުތަކުގައި އަލިފާން ރޯވެފައިވާ އިރު، އަލިފާން ނިއްވުމުގެ މަސައްކަތް ފަޔަރ ފައިޓަރުން ކުރަމުން އަންނަ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައި އެވެ.

އިސްރާއީލުގެ ބްރޯޑްކާސްޓަރުން ބުނާގޮތުގައި އަލިފާން ރޯވެފައި ވަނީ ހިޒްބުالله އިން އަސްކަރިއްޔާގެ ސައިޓަކަށް ހަމަލާދިން ކަމަށް ބުނާ ޑިޝޯން އަވަށާއި މިސްގަވް ޖަންގަލި އަދި އަޔެލެޓް ހާޝަހަރު ކައިރީގައި އޮންނަ ފަރުބަދައެއްގެ އެއްފަރާތުގައި ކަމަށެވެ.

މީގެ އިތުރުން ހިޒްބުالله އިން ވަނީ އިސްރާއީލުގެ އުތުރުގެ އަޔެލެޓް ހާޝަހަރުގައި ހުންނަ އަސްކަރިއްޔާގެ 91 ވަނަ ޑިވިޝަންގެ ހެޑްކުއާޓަރަށް ދިން ޑްރޯން ހަމަލާއެއްގައި އިސްރާއީލު ސިފައިންނަށް ހަމަލާދީ މަރާލާފައިވާ ކަމަށްވެސް ބުނެފައި އެވެ.

ނަމަވެސް މިކަން އަދި މިހާތަނަށް ޖައްބާރު އިޒްރޭލު އަސްކަރިއްޔާއިން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ