logoEN
cocacola
އިޒްރޭލަށް މުދާ އެތެރެކުރި ބޯޓަކަށް ހޫތީން މިސައިލް ހަމަލާދީފި

އިޒްރޭލަށް މުދާ އެތެރެކުރި ބޯޓަކަށް ހޫތީން މިސައިލް ހަމަލާދީފި

އަހުމަދު ޝުރާއު

logo

6/23/2024, 9:44:55 AM

# އިސްރާއިލް

އިޒްރޭލަށް މުދާ އެތެރެކުރި ބޯޓަކަށް ޔަމަނުގެ ހޫތީން މިސައިލް ހަމަލާދީފި އެވެ.

ގޮސިޔާ

ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސާރީ ހޮނިހިރު ދުވަހު ޓީވީ މެދުވެރިކޮށް ކުރި އިއުލާނެއްގައި ވިދާޅުވީ ލައިބީރިއާގެ ދިދަ އުފުލާ ބަލްކް ކެރިއާ ޓްރާންސްވޯލްޑް ނެވިގޭޓަރަށް އަރަބި ކަނޑުގައި ސީދާ ބެލިސްޓިކް މިސައިލްތަކެއް ދީފައިވާ ކަމަށެވެ.

"އެ އުޅަނދަށް ހަމަލާ ދިނީ އެ އުޅަނދު ހިންގާ ކުންފުނިން ހިފާފައިވާ ފަލަސްތީނުގެ ބަނދަރުތަކަށް ވަނުން މަނާކުރުމާ ހިލާފުވެފައިވާތީ،" އިޒްރޭލުގެ ބަނދަރުތަކުގައި ބަނދަރުކުރާ ހުރިހާ އުޅަނދަކީ ޓާގެޓްތަކެއް ކަމަށް ބެލެވޭނެ ކަމުގެ އިންޒާރު ކުރިން އޮތް ކަމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.

އެގޮތުން އެބޯޓު އަރަބި ކަނޑަށް ނުކުތީ އިޒްރޭލުގެ ހައިފާ ބަދަރަށް މުދާ ބޭލުމަށްފަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހަމަލާ ދީފައި މިވަނީ ކަނޑުގެ މުހިންމު ކޮރިޑޯތަކުގައި ވިޔަފާރީގެ އުޅަނދުތަކާ ދެކޮޅަށް ހިންގަމުންދާ ކެމްޕޭން އަލުން އިތުރުވެފައިވާ ކަމަށް ބެލެވޭ "އެމްވީ ޓިއުޓާ" ނަމަކަށް ކިޔާ ބޯޓެއް މި ހަފުތާގައި ހޫތީންގެ ހަމަލާގައި އަޑިޔަށް ގޮސްފައިވާ ދަނޑިވަޅެއްގައި އެވެ.

ޣައްޒާއާ ދެކޮޅަށް އިޒްރޭލުން ހަނގުރާމަ ފެށުނީއްސުރެ އެ ސަރަހައްދުގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ އޮޕަރޭޝަންތަކުގައި އިސްކޮށް ހަރަކާތްތެރިވާ ޔޫއެސްއެސް އައިޒަންހަވާ އަށް ބެލިސްޓިކް އަދި ކްރޫޒް މިސައިލް ބޭނުންކޮށްގެން ހަމަލާއެއް ދިން ކަމަށް ވެސް ސާރީ ވަނީ ވިދާޅުވެފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ