logoEN
cocacola
ެއެމެރިކާގެ އަސްކަރީ މަނަވަރެއް ދެކުނު ކޮރިއާއަށް, އުތުރު ކޮރެއާ ފާރައަށް!

ެއެމެރިކާގެ އަސްކަރީ މަނަވަރެއް ދެކުނު ކޮރިއާއަށް, އުތުރު ކޮރެއާ ފާރައަށް!

އަހުމަދު ޝުރާއު

logo

6/22/2024, 6:47:04 PM

# އެމެރިކާ# ދެކުނު ކޮރެޔާ

--

އުތުރު ކޮރެއާ އާއި ރަޝިއާއާ ދެމެދު ދިފާއީ އެއްބަސްވުމެއްގައި ސޮއިކުރިތާ ހަފްތާއެއްވެސް ނުވަނީސް ، އަސްކަރީ ތަމްރީނުތައް ވަރުގަދަ ކުރުމުގެ މަގްސަދުގައި ތިން ގައުމެއްގެ ތަމްރީނުތަކަށް ނިއުކްލިއާ ހަކަތައިގެ ބާރު ހުރި އެމެރިކާގެ މަތިންދާ ބޯޓު އުފުލާ އުޅަނދެއް ދެކުނު ކޮރެއާއަށް ގޮސްފި އެވެ.

ގޮސިޔާ

"އެމެރިކާގެ ކަނޑުގެ ސިފައިންގެ މަތިންދާބޯޓު އުފުލާ އުޅަނދު ތިއޯޑޯ ރޫޒްވެލްޓް ... ބުސާން ނޭވަލް ބޭސްއަށް އައީ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު،" ދެކުނު ކޮރެއާގެ ނޭވީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

"[މަތިންދާބޯޓު އުފުލާ އުޅަނދު ގެނައުމަކީ] ދެކުނު ކޮރެއާ-އެމެރިކާ ކޯލިޝަންގެ ވަރުގަދަ ދިފާއީ ސިޔާސަތާއި އުތުރު ކޮރެއާގެ ނުރައްކާތަކަށް ރައްދު ދިނުމުގެ ހަރުދަނާ އަޒުމް ދައްކުވައިދޭ ކަމެއް،" ހޮނިހިރު ދުވަހު އެ ބަޔާނުގައި ބުނެފައިވެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެއުޅަނދު ދެކުނު ކޮރެއާއަށް ގޮސްފައިވަނީ ދެކުނު ކޮރެއާ އާއި ޖަޕާނާ އެމެރިކާ ހިމެނޭ ޑިފެންސް ކޯލިޝަނުގެ ޖޮއިންޓް އެކްސަސައިޒްތަކުގައި ބައިވެރިވުމަށެވެ. އުތުރުކޮރެއާ އިން އަބަދުވެސް މިފަދަ ކޮމްބައިންޑް ޑްރިލްތަކަކީ ހަމަލާއެއްގެ ރިހާސަލްތަކެއްގެ ގޮތުގައި ސިފަކުރެއެވެ.

ކޮންމެ އަހަރަކު ވެސް އަސްކަރީ ތަމްރީނު ޑްރިލްތައް ބޭއްވުމަށް 2023 ވަނަ އަހަރުގެ އޮގަސްޓް މަހު ބޭއްވި ސަމިޓުގައި ތިން ގައުމުގެ ( އެމެރިކާ, ޖަޕާން އަދި ދެކުނު ކޮރެއާ) ލީޑަރުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. މިމަހުގެ ކުރީކޮޅު އެޤައުމުގެ ޑިފެންސް ޗީފްއިން ވަނީ ވައިގެ، ކަނޑު އަދި ސައިބަރސްޕޭސް ފަދަ އެކި ދާއިރާތަކުން އެފަރާތްތަކުގެ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި އާ ތަމްރީނުތައް އިޢުލާނުކުރައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ