logoEN
cocacola
މޫސުން ގޯސްވުމުގެ ސަބަބުން ޕީއެންސީގެ އޮފީސް ހުޅުވުން މާދަމާ ރެޔަށް ފަސްކޮށްފި

މޫސުން ގޯސްވުމުގެ ސަބަބުން ޕީއެންސީގެ އޮފީސް ހުޅުވުން މާދަމާ ރެޔަށް ފަސްކޮށްފި

އަހުމަދު ޝުރާއު

logo

6/22/2024, 3:34:37 PM

# ޕީއެންސީ

--

މޫސުން ގޯސްވުމުގެ ސަބަބުން މިރޭ ހުޅުވަން ތައްޔާރުވަމުން ދިޔަ ވެރިކަން ކުރާ ޕީއެންސީގެ މައި އޮފީސް ހުޅުވުން ފަސްކޮށްފި އެވެ.

ގޮސިޔާ

ޕީއެންސީއިން ބުނީ މިރޭ ހުޅުވަން ނިންމި ޕީއެންސީގެ މައި ހަރުގެ ހުޅުވުން މާދަމާ ރެޔަށް މިހާރު ފަސްކޮށްފައިވާ ކަމަށާއި އެހަފްލާ އޮންނާނީ މާދަމާ ރޭ 08:30 ގައި ކަމަށެވެ.

ޕީއެންސީގެ ސިޔާސީ ހަރަކާތްތައް ފުޅާކުރުމަށްޓަކައި މާލޭގައި ހުޅުވާ ޕީއެންސީގެ މައި ޖަގަހަ ހުޅުވުމަށް ހަމަޖެހިފައިވަނީ ހ.ވެޔޮވިލާގައި އެވެ. ހ ވެޔޮވިލާއަކީ މީގެ ކުރިން އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ބޭނުންކުރި ހަރުގެވެސް ހުރި އިމާރާތެވެ. އެ ހަރުގެ ހުންނަނީ މާލޭގެ އާޓިފިޝަލް ބީޗުގެ ކުރިމައްޗަށް ވާގޮތަށެވެ.

މި ހަރުގެ ރަސްމީކޮށް ހުޅުއްވައި ދެއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ރައީސް އަދި އެޕާޓީގެވެސް ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ.

ޕީއެންސީއިން ވަނީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ޕީއެންސީގެ މެމްބަރުން އަދި އެންމެހާ ދިވެހިރައްޔިތުންނަށް ދަޢުވަތު އަރުވައިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ