-
އައްޑޫ ސިޓީ ހުޅުމީދޫ މިފްކޯ ބަނދަރުގައި މަސްވެރިން މުޒާހަރާ ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ މަސްވެރިންގެ އެ މުޒާހަރާ މިއަދު 12 ޖަހަންދެން ކުރިއަށް ދާނެ ކަމަށް އެމީހުން ބުނެފައިވާ ކަމަށެވެ.
މުޒާހަރާއާ ގުޅިގެން އެކަށީގެންވާ ޖަވާބެއް ނުލިބިއްޖެ ނަމަ، މަސް ފެކްޓަރީގެ ހުރިހާ ސީނިއާ މުވައްޒަފުން ފެކްޓްރީން ބޭރުކޮށް މަސް ކެއްކުމަށް ހުރަސް އަޅާނެ ކަަމަށް މަސްވެރިން ބުނެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބިގެން އިއްޔެ ހަވީރު ވެސް އައްޑޫ މަސްވެރިން ވަނީ މުޒާހަރާކޮށްފައެވެ.
މިދިޔަ ދޮޅު މަސްތެރޭގައި މިފްކޯއަށް ކިރުވި މަހަށް 80 މިލިއަން އަށްވުރެ ގިނަ ރުފިޔާ މިފްކޯ އިން ވަނީ ދައްކަން ޖެހިފައެވެ. އޭގެތެރެއިން 46 މިލިއަން ރުފިޔާ މިމަހުގެ 15 ވަނަ ދުވަހު މަސްވެރިންނަށް ދޫކުރާނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
މަސްވެރިން ކިރާ މަހަށް އެންމެ ގިނަ ވެގެން 48 ގަޑިއިރު ތެރޭ ފައިސާ ދިނުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.