
--
މަސްވެރިކަމުގެ ލައިސަންސް އައުކުރުމުގެ މަރުޙަލާގައި ފަޅުވެރިން ދަފުތަރު ކުރަން ނިންމާފައިވާކަން މަސްވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

އެވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމުގު މަޤްސަދުގައި މަސްވެރިންގެ ޤައުމީ ދަފުތަރެއް އެކުލަވައިލުމަށް [ކެޔޮޅު] ފޯނު އެޕްލިކޭޝަނެއް 16 ފެބްރުއަރީ 2024 ގައި މިނިސްޓްރީން އިފްތިތާހްކޮށްފައިވާ ކަމަށާއި އަދި މި ދަފްތަރު ފުރިހަމަކުރުމަށްޓަކައި މިނިސްޓްރީން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
މިގޮތުން، މަސްވެރި އުޅަނދުތަކުގެ ޒިންމާވާ ފަރާތްތަކަށް ގުޅުމުގެ އިތުރުން، މަސްވެރި ރަށްރަށާއި މަސްކިރާ ބަނދަރުތަކަށް މިނިސްޓްރީގެ މުވައްޒަފުން ދަތުރުކޮށް ދަފްތަރުގައި ރަޖިސްޓަރީވުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ މައުލޫމާތު އޮޑިވެރިންނަށާއި މަސްވެރިންނަށް ފޯރުކޮށްދީފައިވާނެ ކަމަށާއި މިހާރުވެސް އެ މަސައްކަތް މިނިސްޓްރީގެ ޓީމުތަކުން ދަނީ ކުރަމުން ކަމަށެވެ.
މި ދަފްތަރު މެދުވެރިކޮށް އެއްކުރެވޭ މަޢުލޫމާތުތަކަކީ މަސްވެރިކަމާބެހޭ ތަރައްޤީގެ މަޝްރޫޢުތައް އެންމެ އެދެވޭ ގޮތެއްގައި ފަރުމާކުރުމަށާއި، މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޛުކުރުމަށްޓަކައި އެއްކުރެވޭ މުހިއްމު މަޢުލޫމާތުތަކެއް ކަމުން ، މަސްވެރިންގެ ޤައުމީ ދަފްތަރު ވީ އެންމެ އަވަހަކަށް ފުރިހަމަކުރުމަށްޓަކައި، 1 އޮކްޓޫބަރު 2024 އިން ފެށިގެން މަސްވެރިކަމުގެ ލައިސަންސް އައުކުރުމުގެ މަރުޙަލާގައި އުޅަނދުގެ އެންމެހައި ފަޅުވެރިން ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާކަން މިނިސްޓްރީން ޔަޤީންކުރާނެކަމަށް ބަޔާނުގައި ވަނީ ބުނެފައި އެވެ.
އެހެން ކަމުން ލައިސަންސް ލިބިފައިވާ އުޅަނދުތަކުގެ ފަޅުވެރިން އިސްވެދެންނެވުނު ތާރީޚުގެ ކުރިން ދަފުތަރުގައި ރަޖިސްޓަރ ކުރެވިފައިވާކަން ކެޔޮޅު ނުވަތަ އުޅަނދުގެ ވެރިފަރާތް ނުވަތަ އުޅަނދު އޮޕަރޭޓް ކޮށް އުޅަނދުގެ ކަންކަމާ ޒިންމާވާ ފަރާތުން ޔަގީންކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުންހުރި

މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން 89 މަސްވެރިއަކަށް ލޯނު ދޫކޮށްފި

މަސްކިރުވި ދޯނިތަކަށް 1.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

މެރިކަލްޗާރ ޓްރެއިނިންގ ކޯސް ފަށައިފި

.gif&w=3840&q=75)



