
--
އިނގިރޭސިވިލާތުގެ އެންމެ މުއްސަނދި އާއިލާގެ ހަތަރު މެމްބަރެއްގެ މައްޗަށް ޖަލު ހުކުމެއް އިއްވައިފި އެވެ.

ދަ ހިންދުޖާ އާއިލާގެ 4 މެމްބަރެއްގެ މައްޗަށް ސުވިޒަލޭންޑުގެ ޖެނީވާގެ ކޯޓަކުން ޖަލު ހުކުމެއް އިއްވާފައިމިވަނީ އެ މީހުންގެ މަސައްކަތްތެރިންގެ ނާޖާއިޒު ފައިދާ ނަގައި، ގަވާއިދާ ހިލާފަށް ވަޒީފާ ހޯދައިދިނުމުގެ ކުށް ސާބިތުވުމުންނެވެ.
އެގޮތުން ހުކުމް އިއްވާފައިވަނީ ޕްރަކާޝް ހިންދޫޖާ އާއި އޭނާގެ އަންހެނުން ކަމާލް އާއި އެ މީހުންގެ ދަރިފުޅު އަޖޭ އާއި އޭނާގެ އަންހެނުން ނަމްރަތާގެ މައްޗަށެވެ.
އެ އާއިލާގެ ހަތަރު މީހުންގެ މައްޗަށް އިއްވާފައިވަނީ ހަތަރު އަހަރާއި ދޮޅު އަހަރާ ދެމެދުގެ ޖަލު ހުކުމްތަކެކެވެ.
ހުކުމާއި އެކު ދައުވާ ލިބޭ ފަރާތްތަކުގެ ވަކީލުން ވަނީ ހުކުމް އިސްތިއުނާފު ކުރާނެކަން ހާމަކޮށްފައެވެ. އެ މީހުންގެ ދިފާއުގައި ހިންދޫޖާ އާއިލާގެ ގާނޫނީ ޓީމުން ބުނީ މުވައްޒަފުންނާ މެދު އަމަލުކޮށްފައިވަނީ އިހުތިރާމާއެކުގައި ކަމަށެވެ. އަދި ކުށެއް ކޮށްފައި ނުވާނެކަންވެސް ވަނީ ބުނެފައި އެވެ.
އެ ހަތަރު މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި މަސައްކަތްތެރިންގެ ޕާސްޕޯޓް ހިފެހެއްޓުމާއި، ވިލާއިން ނުކުތުން މަނާކޮށް، ދަތިހާލުގައި ގިނަ ވަގުތު މަސައްކަތް ކުރަން މަޖުބޫރު ކުރުވުމާއި، ސްވިޓްޒަލޭންޑްގެ ކަރެންސީއިން މުސާރަ ދިނުމުގެ ބަދަލުގައި ރުޕީސް އިން ފައިސާ މުސާރަ ދިނުމުގެ ކުށުގެ ދައުވާ ހިމެނެ އެވެ.
ޖެނީވާގެ ކޯޓުން ބެލި މި މައްސަލައިގެ ހުކުމް އިއްވި އިރު ހިންދުޖާ އާއިލާގެ 4 މެމްބަރުންވެސް ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ. މިއާއި އެކު ހުކުމް އިއްވާފައިވަނީ ޣައިރުހާޒިރުގައި އެވެ.
އިންޑިއާގެ ދަރިފަސްކޮޅުގެ ހިންދޫޖާ އާއިލާއަކީ 37.196 ބިލިއަން ޕައުންޑުގެ މުއްސަދިކަމާއި އެކު 2024 ވަނަ އަހަރުގެ ސަންޑޭ ޓައިމްސްގެ މުއްސަނދިންގެ ލިސްޓުގެ އެއްވަނަ ހޯދި އާއިލާއެވެ.
ގުޅުންހުރި

މިއަދަކީ ކޭޓްގެ އުފަންދުވަސް: ވިލިއަމްގެ ތައުރީފް ފާއިތުވި އަހަރު ކޭޓް ދެއްކި ހިތްވަރަށް!

ހުޅަނގު އައްސޭރީގެ ނިރުބަވެރި ޔަހޫދީންނަށް ތާއީދުކުރާ ޖަމިއްޔާތަކަށް އިނގިރޭސިވިލާތުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އިނގިރޭސިވިލާތުގެ އިމިގްރޭޝަން ގަވާއިދަށް ބަދަލުތަކެއް ގެނައުމާ ގުޅިގެން ދިވެހިން ސަމާލުވާން އެދިއްޖެ
