
ޕީއެންސީގެ އައު ހަރުގެ
ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް, ޕީއެންސީގެ މައި ޖަގަހަ މާދަމާ ރޭ ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

ޕީއެންސީގެ ސިޔާސީ ހަރަކާތްތައް ފުޅާކުރުމަށްޓަކައި މާލޭގައި ހުޅުވާ ޕީއެންސީގެ މައި ޖަގަހަ ހުޅުވުމަށް ހަމަޖެހިފައިވަނީ ހ.ވެޔޮވިލާގައި އެވެ. ހ ވެޔޮވިލާއަކީ މީގެ ކުރިން އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ބޭނުންކުރި ހަރުގެވެސް ހުރި އިމާރާތެވެ. އެ ހަރުގެ ހުންނަނީ މާލޭގެ އާޓިފިޝަލް ބީޗުގެ ކުރިމައްޗަށް ވާގޮތަށެވެ.
ޕީއެންސީއިން ބުނީ ހ.ވެޔޮވިލާގައި ހުންނަ އެ ޕާޓީގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހުގެރޭ 20:30 ގައި އޮންނާނެ ކަމަށެވެ.
ޖަގަހަ ހުޅުވައިދެއްވާނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު ރައީސް ޑރ.މުޙައްމަދު މުޢިއްޒުއެވެ.
ޕީއެންސީއިން ވަނީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ޕީއެންސީގެ މެމްބަރުން އަދި އެންމެހާ ދިވެހިރައްޔިތުންނަށް ދަޢުވަތު އަރުވައިފައެވެ.
ގުޅުންހުރި
.webp&w=3840&q=75)
މިރޭ ބާއްވަން ތާވަލުކުރި ޕީއެންސީގެ ޖަލްސާ ފަސްކޮށްފި

ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ދައުވަތަކަށް ޕީއެންސީގެ ވަފުދެއް ޗައިނާއަށް!

ލަފަޔަށް އެދުނު ކަންކަމުގައި ރައީސަށް ލަފާއަރުވައިފިން, ނަތީޖާ ވަރަށް އަވަހަށް ފެންނާނެ - އަބްދުއްރަހީމް
