logoEN
cocacola
ޔަހޫދީން ރަފާހްއަށް މިއަދު ދިން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 11 އަށް!

ޔަހޫދީން ރަފާހްއަށް މިއަދު ދިން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 11 އަށް!

އަހުމަދު ޝުރާއު

logo

6/21/2024, 3:52:31 PM

# ރަފާޙް

ޔަހޫދީ އިޒްރޭލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައާއި އެކު ސަލާމަތްކަން ހޯދުމަށް ހިޖުރަކުރި ރަފާހްއަށް ޔަހޫދީން މިއަދު ބޮން އަޅައި އެތައް ބަޔަކު ޝަހީދުކޮށްލައިފި އެވެ.

ގޮސިޔާ

އަލްޖަޒީރާގެ މަސްދަރުތަކާއި ހަވާލާދީ އެނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިވަގުތާއި ހަމައަށް 11 މީހަކު ވަނީ ރަފާޙްއިން ޝަހީދުވެފައި އެވެ. އަދި 40 އަށްވުރެ ގިނަ މީހުންނަށް ބޮޑެތި ޒަހަމްތަކެއްވުމާއި އެކު އަންނަނީ ފަރުވާ ދެމުންނެވެ.

އަލްޖަޒީރާއިން އިތުރަށް ރިޕޯޓްކުރާ ގޮތުގައި ޔަހޫދީން މިއަދު ބޮން އަޅާފައިވަނީ ރަފާގެ ހުޅަނގުން ގެދޮރު ގެއްލިފައިވާ މީހުންގެ ޓެންޓުތަކަށް އަމާޒުކޮށެވެ.

ޔަހޫދީ އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ފަލަސްތީނުގެ ހަނގުރާމަވެރިން ބޭނުންކުރާ ޓަނަލްތައް ފެނިފައިވާ ރަފާ ސަރަހައްދުގައި އެގައުމުގެ އަސްކަރިއްޔާއިން "ސީދާ، އިންޓެލިޖެންސް ބޭސްޑް" ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. ނަމަވެސް މިއީ މައުސޫމް އެއްވެސް ކުށެއް ނެތް މުސްލިމުންނާއި ދެކޮޅަށް ހަމަލާދިނުމަށްފަހު ހުޅަނގުގެ ޕްރެޝަރުން ސަލާމަތްވުމަށް ޔަހޫދީ އަސްކަރިއްޔާއިން އަބަދުވެސް ދައްކާ ބަހަނާ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ