logoEN
cocacola
ފީފާއިން ބައްސާމް ސަސްޕެންޑްކޮށްފި

ފީފާއިން ބައްސާމް ސަސްޕެންޑްކޮށްފި

ހަސަން ޝާއިން

logo

6/20/2024, 3:42:15 PM

# އެފްއޭއެމް

ބައްސާމް އަދީލް ޖަލީލް

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑް ކޮށްފި އެވެ.

ގޮސިޔާ

ފީފާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިނިވަން އެތިކްސް ކޮމިޓީން ބައްސާމް ސަސްޕެންޑް ކުރުމަށް ނިންމާފައިވަނީ ފީފާގެ ކޯޑް އޮފް އެތިކްސްގެ 86 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އަދި މި ނިންމުމަކީ މަނީ ލޯންޑަރ ކުރުމާއި ކޮރަޕްޝަނާއި އަދި ޖިނާއީ އިތުރު ކުށްތަކެއް ކޮށްފައިވާކަމުގެ ތުހުމަތުގައި ރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އަމުރެއްގެ ދަށުން އެފްއޭއެމް ހައުސް ބަލާ ފާސްކުރުމާއި ގުޅިގެން ކުރެވުނު ތަހުގީގުގެ މައްޗަށް ބެލުމަށްފަހުގައި ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އަދީ ފީފާއިން ހިންގި ތަހުގީގުން ނުރަގަޅު ކަންތައްތަކެއް ހިންގާފައިވާކަން ފާހަގަ ކުރެވޭތީ އެކަންތައް ބެލުމަށް އިތުރަށް ތަހުގީގު ކުރުމަށް ނިންމާފައިވާ ކަމަށެވެ. މި ތަހުގީގަކީ އެފްއޭއެމްގެ ރައީސްގެ ގޮތުގައި ހުރެ އެހެނިހެން ފަރާތްތަކުން ހަދިޔާ ލިބިފައިވޭތޯ ބެލުމާއި އަދި އެފްއޭއެމްގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ބެލުމަށް ކުރިއަށް ގެންދާ ތަހުގީގެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ފީފާގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ބައްސާމް 9 މަސް ދުވަހަށް ސަސްޕެންޑް ކުރިކަން މިއަދު ފީފާއިން ވަނީ ބައްސާމް އަށް އަންގާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ