
--
ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން މިހާރު އުތުުރުކޮރެއާއަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ލީޑަރު ރު ކިމް ޖޮން އުން އަށް ކާރެއް ހާދިޔާކޮށްފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޕުޓިން ކިމްއަށް ހަދިޔާކުރެއްވީ ރަޝިއާގައި އުފައްދާފައިވާ ލިމޯޒިން ކާރެކެވެ. މީގެ އިތުރުންވެސް ރަޝިޔާގެ އަގުބޮޑު ސައިފަތް ސެޓަކާއި އަގުބޮޑު ކުރެހުމެއްވެސް ކިމްއަށް ހަދިޔާކުރެއްވި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެގޮތުން ހަދިޔާކުރެއްވި ކާރުކަމަށް ބެލެވޭ ކާރުގައި ދެބޭފުޅުން މިއަދު ވަނީ ކާރު ބުރެއް ޖައްސަވާފައި އެވެ. އެގޮތުން ކާރު ދުއްވެވީ ރައީސް ޕުޓިންއެވެ. އެމަންޒަރު ފެންނަ ވީޑިއޯތައް މިހާރު މީސް މިޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
މިދިޔަ ފެބްރުއަރީ މަހު ޕޫޓިން ވަނީ ރަޝިއާގައި އުފެއްދި އޮރޫސެސްގެ ތެރެއިން އިތުރު ސެޑަންއެއް ކިމްއަށް ހަދިޔާ ކުރައްވާފައެވެ. އެއީ އދ.ގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފަށް އުތުރު ކޮރެއާއަށް ދިން ހަދިޔާއެކެވެ.
ކިމް އަކީ ކާރަށް ޝައުގުވެރިވާ ބޭފުޅަކަށް ވާއިރު ދުނިޔޭގެ ލަގްޒަރީ ވެހިކަލްތަކުގެ ކަލެކްޝަނެއް ކިމްގެ ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއަދު ޕުޓިން ހަދިޔާކުރެއްވި ލިމޯޒިން އަކީވެސް އޮރޫސެސް ބްރޭންޑުގެ ކާރެކެވެ.
އެގޮތުން ކިމް މީގެ ކުރިން ފެނުނު ފެނިލުންތަކުގައި މޭބެކް ލިމޯޒިން އަކާއި ގިނަ މާސިޑީޒް އަކާއި ރޯލްސް ރޮއިސް ފެންޓަމް އަކާއި ލެކްސަސް ސްޕޯޓްސް ޔުޓިލިޓީ ވެހިކަލުތަކުގައި ފެނިފައި ވެއެވެ.
ގުޅުންހުރި
.webp&w=3840&q=75)
ފްލައިޓު ވެއްޓުނު ހާދިސާގެ ޒިންމާ ނަގައި ޕުޓިން އަޒަރުބައިޖާންގެ ރައްޔިތުންގެ ކިބައިން މާފަށް އެދިއްޖެ

އިޒްރޭލަށް ހަމަލާދިނުމުގެ ކުރިން އިރާނުން ރަޝިޔާއަށް ހަމަލާގެ މައުލޫމާތު ދިން!

އުތުރު ކޮރެއާއިން ކުރު ރާސްތާގެ ގިނަ ބެލިސްޓިކް މިސައިލްތަކެއް އުދުއްސާލައިފި
