logoEN
cocacola
ބެލްޖިއަމްއަށް ކަނޑައެޅުއްވި ސަފީރު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެގައުމުގެ ރަސްގެފާނަށް އަރުވައިފި

ބެލްޖިއަމްއަށް ކަނޑައެޅުއްވި ސަފީރު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެގައުމުގެ ރަސްގެފާނަށް އަރުވައިފި

އަހުމަދު ޝުރާއު

logo

6/19/2024, 4:51:57 PM

# ބެލްޖިއަމް

--

ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގީލާ ޢަލީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ބެލްޖިއަމްގެ ރަސްގެފާނު ފިލިއްޕޭއަށް އަރުއްވައިފި އެވެ.

ގޮސިޔާ

ސަފީރު ގީލާ ޢަލީގެ ސަފީރު ކަމުގެ ފަތްކޮޅު ރަސްގެފާނު ފިލިއްޕޭއަށް އަރުވާފައިވަނީ މިއަދު އެގައުމުގެ ޝާހީ ގަނޑުވަރު ބްރަސެލްސްގެ ޗެޓޫ ޑި ލެކެންގައި އޮތް ރަސްމިއްޔާތެއްގައި އެވެލ

މި ރަސްމިއްޔާތުގައި ސަފީރުގެ ފަތްކޮޅާއި ހަވާލުވެވަޑައިގަތުމަށްފަހު ރަސްގެފާނު ފިލިޕް ވަނީ ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމުން ސަފީރު ގީލާއަށް މަރުހަބާ ވިދާޅުވެފައެވެ.

ސަފީރު ޖީލާ ވަނީ އެކަމަނާއަށް ދެއްވި ހޫނު މަރްޙަބާއަށް ޝުކުރު އަދާކުރައްވައި، ބެލްޖިއަމްގެ ރަސްގެފާނަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒާއި، ދިވެހި ރައްޔިތުންގެ ފަރާތުން ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ސަފީރު ޖީލާ ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްގީ އާއި ފަތުރުވެރިކަން ފަދަ އެއް މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރަސްގެފާނު ފިލިޕްޕޭއަށް އަރުވާފައެވެ.

ސަފީރު ޖީލާ އަކީ ރާއްޖޭގެ ސިއްހަތާއި ހާރިޖީ ހިދުމަތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ތަޖުރިބާކާރެކެވެ. ފޮރިން ސަރވިސްގެ ދާއިރާއިން 2015 ވަނަ އަހަރު ކެރިއަރު ފެއްޓެވުމަށްފަހު، ޖެނީވާގައި ހުންނަ އދ.ގެ އޮފީސްތަކަށް ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ މިނިސްޓަރކަމާއި، ޗާޖް ޑި އެފެއާޒްގެ މަޤާމާއި، ލަންޑަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މިނިސްޓަރ-ކައުންސެލަރ (2016-2018) އަދި 2018 ވަނަ އަހަރު ފޮރިން މިނިސްޓްރީގެ ކޮންސިއުލަރ ސަރވިސަސް ޑިޕާޓްމަންޓްގެ އެޑިޝަނަލް ސެކްރެޓަރީ އަދި ހެޑްގެ މަޤާމު ފުރުއްވާފައިވެއެވެ.

ސަފީރު ޖީލާގެ އަރިހުގައި ފަސްޓް ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ޝައްފާޢު އިބްރާހީމާއި ބްރަސަލްސްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ އަލްފާޟިލް ޙަސަން ނަވާފް ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ