logoEN
cocacola
ފަހުވަގުތު ބެލިންހަމް ކަމިޔާބުކުރި ލަނޑާއެކު ބެލްޖިއަމް އާއި އިންގްލެންޑުގެ ކުރިމަތިލުން އެއްވަރު

ފަހުވަގުތު ބެލިންހަމް ކަމިޔާބުކުރި ލަނޑާއެކު ބެލްޖިއަމް އާއި އިންގްލެންޑުގެ ކުރިމަތިލުން އެއްވަރު

ހަސަން ޝަމްއޫން

logo

3/27/2024, 10:34:26 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# ބެލްޖިއަމް # އިންޓަނޭޝަނަލް ފްރެންޑްލީސް # އިންގްލެންޑް

އިންގްލެންޑާއި ބެލްޖިއަމް ވާދަކުރި މެޗުގެ ތެރެއިިން

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި އަންގާރަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ބެލްޖިއަމް އާއި ދެކޮޅަށް އިންގްލެންޑުން ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެއްޖެ އެވެ.

ގޮސިޔާ

ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ބެލްޖިއަމް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެސްޓަން ވިލާގެ މިޑްފީލްޑަރު ޔޫރީ ޓިއެލްމަންސް އެވެ.

މިއީ އެޓީމުގެ އެވަޓަން މިޑްފީލްޑަރު އޮމަޑޫ އޮނާނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ނަމަވެސް އޭގެ ހަ މިނެޓް ފަހުން އިންގްލެންޑަށް ލިބުނު ޕެނަލްޓީއެއްގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެންޓްފޯޑްގެ ފޯވާޑް އިވާން ޓޯނީ އެވެ. އަދި އޭގެ 10 މިނެޓު ފަހުން އިންގްލެންޑުން އިތުރު ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

ބެލްޖިއަމް އިން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދި ލަނޑު ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ވެސް މިޑްފީލްޑަރު ޔޫރީ ޓިއެލްމަންސް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބެލްޖިއަމް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި އިންގްލެންޑުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އިންގްލެންޑުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ބެލިންހަމް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ