logoEN
WAMCO TOP 1
އީޔޫ އާއި ބެލްޖިއަމްގެ ސަފީރުގެ މަގާމަށް ދިޔާނާ އައްޔަންކުރުމަށް ކޮމިޓީން ރުހުން ދީފި

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުގެ މަގާމަށް ދިޔާނާ އައްޔަންކުރުމަށް ކޮމިޓީން ރުހުން ދީފި

# އީޔޫ - ރާއްޖެ# ރާއްޖެ - ބެލްޖިއަމް# އީޔޫ# ދިޔާނާ ސަޢީދު# ބެލްޖިއަމް

އައްލްއުސްތާޛާ ފާތިމަތު ދިޔާނާ ސަޢީދު

އީޔޫ އާއި ބެލްޖިއަމަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށް އައްލްއުސްތާޛާ ފާތިމަތު ދިޔާނާ ސަޢީދު އައްޔަން ކުރެއްވުމަށް ކޮމިޓީން ރުހުން ދީފިއެވެ.ދިޔާނާ އެމަގާމަށް އައްޔަން ކުރެއްވުމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއއިްޒު، ފޮނުއްވެވީ މި މަހުގެ 7 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށެވެ. މި މައްސަލަ ދިރާސާކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ.

THE TRAVELLER AD

ކޮމިޓީ މަރުހަލާގައި ދިރާސާކުރުމަށްފަހު މެންބަރުން ނިންމަވާފައިވަނީ ދިޔާނާއަކީ މަޤާމަށް ގާބިލު، ޝަރުތުހަމަވާ ބޭފުޅެއް ކަމަށެވެ. އެހެންވެ، އީޔޫ އާއި ބެލްޖިއަމަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އެކަމަނާ އައްޔަންކުރުމަށް ފެންނަ ކަމަށް ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ދައުލަތުގެ ބަންޑާރަނައިބުގެ މަޤާމު އަދާކުރައްވާފައިވާ ދިޔާނާ ވަނީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ވެރިކަމުގައި ޖެންޑަރ މިނިސްޓަރުކަމުގެ މަޤާމުވެސް ފުރުއްވާފައެވެ.ސަފީރުގެ މަޤާމަށް ދިޔާނާގެ ނަން ފޮނުއްވުމުގެ ކުރިން، ޚާރިޖީ ވުޒާރާގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް އޭނާ ވަނީ އައްޔަންކުރައްވާފައެވެ. މި މަޤާމަށް އޭނާ އައްޔަން ކުރެއްވީ މިދިޔަ އޭޕްރިލް މަހުއެވެ.

ކޮމެންޓް
ފަހުގެ
HDC