
--
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ ސުބްރަމާނިއަމް ޖައިޝަންކަރު މާދަމާ ސްރީލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ލަންކާގެ ނޫސްތަކުން ބުނީ ޖައިޝަންކަރު މާދަާ ލަންކާއަށް ކުރައްވާ ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށާއި އެއީ ލަންކާގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
ސްރީލަންކާގެ ޚާރިޖީ ވުޒާރާއިން ބުނީ މިނިސްޓަރ ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ރައީސް ރަނިލް ވިކްރަމަސިންހައާއި ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއި އެމަނިކުފާނުގެ ވަފުދުގެ ބޭފުޅުން ފޮރިން މިނިސްޓަރ އަލީ ސަބްރީއާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރު ޖައިޝަންކަރުގެ އަރިހުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ގުޅުންހުރި

242 ޕަސެންޖަރުންނާއި އެކު ދަތުރުކުރަމުންދިޔަ އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓިއްޖެ

ފަތުރުވެރިންނަށް އަމާޒުކޮށް ކަޝްމީރުގައި ނިރުބަވެރި ހަމަލާއެއް ދީފި: މަރުވި މީހުންގެ އަދަދު 20 އަށް!

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގ އަވަހާރަވެއްޖެ
