
--
24 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ރަޝިޔާގެ ރައީސް ވްލިމިޑިއާ ޕުޓިން މިވަނީ އުތުރުކޮރެއާއަށް ރަސްމީ ދަތުރުފުޅެއްގައި ޒިޔާރާތް ކުރައްވާފައި އެވެ.

ޕުޓިން އުތުރު ކޮރެއާއަށް ވަޑައިގެންނެނީ އުތުރު ކޮރެއާގެ ގަޑިން ރޭ ފަތިހުގެ ވަގުތެއްގައި އެވެ. ޕުޓިންނަށް އުތުރު ކޮރެއާއިން މަރުހަބާ ދެންނެވީ އެގައުމުގެ ލީޑަރު ކިމް ޖޮން އުން އެވެ. ޕުޓިންނަށް އުުތުރު ކޮރެއާއިން ކިޔާފައިވަނީ ރަތް ދޫލައިގެ މަރުހަބާއެކެވެ.
އެއަށްފަހު ކިމް ވަނީ ރަޝިއާގެ ދިދައާއި ރަޝިޔާގެ ލީޑަރުގެ ކުރެހުންތަކުން ޒީނަތްތެރިކޮށްފައިވާ މަގުތަކުގައި، ކުމްސުސަން ސްޓޭޓް ގެސްޓްހައުސްއަށް ދަތުރުކުރައްވައި، މޮޓޯކޭޑެއްގައި ޕުޓިންއާ އެކު ދަތުރުކުރައްވާފައެވެ. ކިމް އިލް ސަންގް ސްކޮއާގައި ބޭއްވި ރަސްމީ މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތެއްގައި ޕޫޓިން އާއި ކިމް ބައިވެރިވެވަޑައިގެންނެވި އިރު، އުތުރުކޮރެއާގެ ވަރުގަދަ އަސްކަރީ ލަޝްކަރުން ވަނީ ޚާއްސަ ގާޑެއް ޕުޓިންނަށް އަރުވާފައި އެވެ.
ދެ ލީޑަރުންގެ ރަސްމީ ބައްދަލުވުން މިއަދު ކުރިޔަށްގެންގޮސްފައިވާއިރު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވަނީ ޔޫކްރެއިންގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވައުދުވެވަޑައިގެންފައި އެވެ. ،އަދި ޕުޓިން ވަނީ އެހަނގުރާމައަށް ކިމް ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން ދެ ލީޑަރުން ވަނީ ވިޔަފާރީގެ ދާއިރާއިންނާއި އަސްކަރީ ދާއިރާތަކުން ގުޅުންތައް ބަދަހިކުރުމާއި ގުޅޭ ގޮތުން ވެސް ކާމިޔާބު މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފައި އެވެ.
އުތުރުކޮރެއާއި ރަޝިޔާގެ ގުޅުން ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ދެގައުމުގެ ގުޅުން ބަދަހިވަރު ރަމްޒުކޮށްދޭ މުހިންމު ދަތުރުފުޅެކެވެ. އެގޮތުން މިއީ މިފަހުން އުތުރުކޮރެއާއިން އެހެން ގައުމެއްގެ ލީޑަރަކަށް މިފަދަ ބޮޑު މަރުހަބާއެއް ދެންނެވި ފަހަރުކަންވެސް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ރަޝިއާއާއި އުތުރުކޮރެއާގެ ގުޅުން ބަދަހިވެގެން ދިޔުމަކީ އެމެރިކާ ވަރަށް ބޮޑަށް ކަންބޮޑުވާނެ ކަމެއް ކަމަށްވެސް މަޝްރަހު ދިރާސާ ކުރާ ފަރާތްތައް ބުނެއެވެ. އެގޮތުން ޕުޓިންގެ މި ދަތުރުފުޅުގެ ކަންކަން އެމެރިކާއިން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފައި އެވެ.
ޕުޓިންގެ މި ދަތުރުފުޅަކީ 2000 ވަނަ އަހަރުގެ ފަހުން އުތުރުކޮރެއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. 2000 ވަނަ އަހަރު ޕުޓިން އުތުރުކޮރެއާއަށް ވަޑައިގެންނެވި އިރު އޭރު އެގައުމުގެ ލީޑަރަކަށް ހުންނެވީ މިހާރުގެ ލީޑަރު ކިމް ޖޮން އުންގެ ބައްޕާފުޅެވެ.
ގުޅުންހުރި
.webp&w=3840&q=75)
ފްލައިޓު ވެއްޓުނު ހާދިސާގެ ޒިންމާ ނަގައި ޕުޓިން އަޒަރުބައިޖާންގެ ރައްޔިތުންގެ ކިބައިން މާފަށް އެދިއްޖެ

އިޒްރޭލަށް ހަމަލާދިނުމުގެ ކުރިން އިރާނުން ރަޝިޔާއަށް ހަމަލާގެ މައުލޫމާތު ދިން!

އުތުރު ކޮރެއާއިން ކުރު ރާސްތާގެ ގިނަ ބެލިސްޓިކް މިސައިލްތަކެއް އުދުއްސާލައިފި
