logoEN
cocacola
ޕުޓިން މިއަދު އުތުރު ކޮރެޔާއަށް ވަޑައިގަންނަވަނީ

ޕުޓިން މިއަދު އުތުރު ކޮރެޔާއަށް ވަޑައިގަންނަވަނީ

އަހުމަދު ޝުރާއު

logo

6/18/2024, 5:46:22 AM

# ޕުޓިން

--

ރަޝިޔާގެ ރައީސް ވްލިމިޑިއާ ޕުޓިން ރަސްމީ ދަތުރުފުޅުއްގައި އުތުރު ކޮރެއާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ގޮސިޔާ

ރިޕޯޓުތައް ބުނާ ގޮތުގައި ޕުޓިން އުތުރު ކޮރެއާއަށް ވަޑައިގަންނަވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައި އެވެ. މިއީ ވޭތުވެދިޔަ 24 އަހަރުގެ ތެރޭގައި ޕުޓިން އުތުރުކޮރެއާއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ޕޫޓިންއަށް ދައުވަތު ދެއްވީ 2019 ވަނަ އަހަރަށް ފަހު ދެ ބޭފުޅުންގެ މެދުގައި ފުރަތަމަ ފަހަރަށް މަޝްވަރާ ކުރެއްވުމަށް މިދިޔަ ސެޕްޓެމްބަރު މަހު ކިމް ރަޝިއާގެ އިރުމައްޗަށް ވަޑައިގަތުމުންނެވެ.

އުތުރު ކޮރެއާގެ ރަސްމީ ނަން ބޭނުންކޮށްގެން ކްރެމްލިން އިން ހޯމަ ދުވަހު ބުނީ ޑީޕީއާރުކޭގެ ޗެއާމަން އޮފް ސްޓޭޓް އެފެއާޒް ކިމް ޖޮން އުންގެ ދައުވަތަކަށް މި މަހުގެ 18-19 އަށް ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެއާއަށް ރަހުމަތްތެރި ކަމުގެ ރަސްމީ ދަތުރުފުޅެއް ޕުޓިން ކުރައްވާނެ ކަމަށެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ ނިއުސް އެޖެންސީ، ކޭސީއެންއޭ އިން ވެސް މި ދަތުރު އިއުލާނު ކުރި ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ޕުޓިން އެންމެ ފަހުން ޕިއޮންޔޮންއަށް ވަޑައިގެންނެވީ 2000 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އަދި އެގައުމުގެ އޭރުގެ ލީޑަރު ކިމް ޖޮން ގް އިލް އާއި ކިމްގެ ބައްޕާފުޅު ކިމް ޖޮން ގް އިލްއާ ބައްދަލުކުރެއްވި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ