
ރަޝިޔާގެ ރިޔާސީ އިންތިހާބު
ދުނިޔޭގެ އެއް ބާރު ކަމަށްވާ ރަޝިޔާގެ ރިޔާސީ އިންތިހާބުގެ ވޯޓުގެ ނަތީޖާތައް މިހާރު ދައްކާގޮތުން ކުރީގައި އުޅުއްވަނީ މިހާރުވެސް އެގައުމުގެ ރައީސްކަން ކުރައްވާ ވްލަޑިމިއާ ޕޫޓިން ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެފި އެވެ.

ބޭރުދުނިޔޭގެ ހަބަރުތައް އެންމެ ތާޒާކަމާއި އެކު ގެނެސްދޭ އެއް އޭޖެންސީ ކަމަށްވާ ރޮއިޓާސްއިން އެންމެ ފަހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާތަނަށް 50 އިންސައްތަ ވޯޓު ގުނާފައިވާެއިރު އާދަޔާހިލާފު ބޮޑު އިންސައްތައަކުން ކުރީގައި އުޅުއްވަނީ ވްލަޑިމިއާ ޕޫޓިން އެވެ. އެގޮތުން މިހާތަނަށް ގުނި ވޯޓުތަކުން ދައްކާ ގޮތުގައި ޕުޓިންއަށް 87 އިންސައްތައަށްވުރެ ގިނައިން ވޯޓު ލިބިފައިވާ ކަމަށް ރޮއެޓާސްއިން ބުނެއެވެ.
މީގެ އިތުރުން އެގްޒިޓް ޕޯލުތަކުން ދައްކާގޮތުގައި ޕުޓިން މި އިންތިހާބު 88 އިންސައްތައިން ކާމިޔާބުކުރާނެ އެވެ. މިއާއި އެކު މިހާތަނަށް ނަތީޖާތައް އައިސްފައިވާ ގޮތުން ޕުޓިންއަށް އިންތިހާބު ޔަގީންވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި އިންތިހާބު ޕުޓިން ކާމިޔާބުކުރައްވައިފި ނަމަ އޭނާ ވެގެންދާނީ އެގައުމުގެ ރައީސްކަން އެންމެ ގިނަ ދުވަހު ކުރައްވާ ބޭފުޅާއަށެވެ. އެގޮތުން ޕުޓީން ވަނީ 2000 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރަށް އަދި 2012 ވަނަ އަހަރުން ފެށިގެން މިވަގުތާއި އެގައުމުގެ ވެރިކަން ކުރައްވަމުންނެވެ. ޕުޓިން ވަނީ ރަޝިޔާގެ ބޮޑުވަޒީރުކަންވެސް މީގެ ކުރިން ކުރައްވާފައި އެވެ.
ޕުޓިންއާއި އެކު މި އިންތިހާބުގައި ޖުމުލަ 4 ކެނޑިޑޭޓުން ވާދަކުރާއިރު ދެން ތިބި ކެނޑިޑޭޓުންނަށް އެވަރެޖްކޮށް މިހާތަނަށް ގުނުނު ވޯޓު ފޮށިތަކުން ލިބިފައިވަނީ 3-4 އިންސައްތަ އެވެ.
މި އިންތިހާބު ޕުޓިންއަށް ކާމިޔާބުވެފައިވާކަން ގާތްގަނޑަކަށް ކަށަވަރުވެފައިވާއިރު ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން ދަނީ އިންތިހާބުގެ ސައްހަ ކަމާއި މެދު ސުވާލު އުފައްދަމުންނެވެ.
ގުޅުންހުރި

ބޮމުގެ ހަމަލާއެއްގައި ރަޝިޔާގެ އިސް ޖެނެރަލަކު މަރުވެއްޖެ
.webp&w=3840&q=75)
ފްލައިޓު ވެއްޓުނު ހާދިސާގެ ޒިންމާ ނަގައި ޕުޓިން އަޒަރުބައިޖާންގެ ރައްޔިތުންގެ ކިބައިން މާފަށް އެދިއްޖެ

އިޒްރޭލަށް ހަމަލާދިނުމުގެ ކުރިން އިރާނުން ރަޝިޔާއަށް ހަމަލާގެ މައުލޫމާތު ދިން!
