logoEN
cocacola
ޔަހޫދީންގެ ހަނގުރާމައިގެ ކެބިނެޓު އުވާލައިފި

ޔަހޫދީންގެ ހަނގުރާމައިގެ ކެބިނެޓު އުވާލައިފި

އަހުމަދު ޝުރާއު

logo

6/17/2024, 3:12:40 PM

# އިސްރާއިލް

ޔަހޫދީ ހަނގުރާމަ ކެބިނެޓުގައި ހިމެނުނު މީހުން

ޔަހޫދީން އިޒްރޭލުގެ ސަރުކާރުން އުފައްދާފައިވާ ހަނގުރާމައިގެ ކެބިނެޓު އުވާލައިފި އެވެ.

ގޮސިޔާ

ރިޕޯޓުތައް ބުނާގޮތުގައި 6 މީހުން ހިމެނޭ މި ކެބިނެޓު އުވާލީ އިއްޔެ އެވެ. މި ކެބިނެޓު އުވާލަން ނިންމީ ޔަހޫދީންގެ ބޮޑުވަޒީރު ޖައްބާރު ނުލަފާ ބެންޖަމިން ނަތަންޔާހޫ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިސްރާއީލުގެ ނުލަފާ ލީޑަރު މިކަން އިއުލާނު ކުރީ އޭގެ ކުރީ ދުވަހުގެ ރޭ ބޭއްވި ޕޮލިޓިކަލް ސެކިއުރިޓީ ކެބިނެޓްގެ ބައްދަލުވުމުގަ އެވެ. ނަތަންޔާހޫގެ ހަރުކަށި ފިކުރުގެ ކޯލިޝަންގެ ބައިވެރިން ގެންދަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަރުކާރުން ވަކިވުމާއި ގުޅިގެން އާ ހަނގުރާމައިގެ ކެބިނެޓެއް އުފެއްދުމަށް ބާރު އަޅަމުންނެވެ.

ޔަހޫދީ ހަނގުރާމައިގެ ކެބިނެޓު އުވާލާފައިމިވަނީ އެކެބިނެޓުގައި ހިމެނުނު ގަންޓްޒް އިސްތިއުފާ ދީފައިވާ ދަނޑިވަޅެއްގައި އެވެ. އެގޮތުން ގަންޓްޒް ނެތް ނަމަ ހަނގުރާމައިގެ ކެބިނެޓު އޮތުމުގެ ބޭނުމެއް ނެތް ކަމަށް ޖައްބާރު ނަތަންޔާހޫ ބުނެފައިވާ ކަމަށް ޔަހޫދީ ނޫސްތަކުން ބުނެއެވެ.

ހަނގުރާމައިގެ ކެބިނެޓު އުވާލުމާއި އެކު އިޒްރޭލުގެ ޖައްބާރު ބޮޑުވަޒީރު މިހާރު ޣައްޒާ ހަނގުރާމައާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ބެލެވެނީ ހަނގުރާމައިގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓާއި ސްޓްރެޓެޖިކް އެފެއާޒް މިނިސްޓަރު ރޮން ޑާމަރ ފަދަ ވަޒީރުންގެ ކުޑަ ބަޔަކާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ