
ފަލަސްތީނުގެ ހަރަކާތްތެރިވަމުން އަންނަ ނޫސްވެރިން
ޔަހޫދީ އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ ނޫސްވެރިއަކު ޝަހީދުވެއްޖެ އެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ ޑިޖިޓަލް ޕަބްލިކޭޝަން ފަލަސްތީން އޮންލައިންގައި މަސައްކަތް ކުރާ ފަލަސްތީނުގެ ނޫސްވެރިއެއް ކަމަށްވާ މަހްމޫދު ގާސިމް އިޒްރޭލުން ދިން ހަމަލާއެއްގައި ޝަހީދުވެފައިވާ ކަމަށެވެ. މަ
ނަމަވެސް އޭނާ ޝަހީދުވި ތަނާއި ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ.
މަހްމޫދު ގާސިމް މަރާއި އެކު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި ޝަހީދުވި ނޫސްވެރިންގެ އަދަދު 151 އަށް މިހާރު ވަނީ އަރާފައި އެވެ.
އަދި ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު ވަނީ މިހާތަނަށް 37,300 އަށް ވުރެ މައްޗަށް ޖެހިލާފައި އެވެ.
ގުޅުންހުރި

އިޒްރޭލުން ގާޒާގެ ހޮސްޕިޓަލްތަކަށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ހަދަންޖެހޭ - ރާއްޖެ

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް އަންރުވާއަށް 50,000 ޑޮލަރު ހަދިޔާކުރަން ރާއްޖެއިން ނިންމައިފި




