
ރައީސް މުހައްމަދު ނަޝީދު --ފޮޓޯ: މިހާރު
ތިންވަނަ ބޮޑު ހަނގުރާމައެއްގެ ބިރު އުފެދިފައިވާކަމަށް ކުރީގެ ރައީސް, މުހައްމަަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ, ބޮޑެތި ބާރުތަކުން އާންމުން އަސްކަރިއްޔާގައި ނުވަތަ ދިފާއީ ބާރުތަކުގައި މަސައްކަތްކުރަން މަޖުބޫރުކުރުވަމުން އަންނަ ކަމަށެވެ. އަދި ގައުމުތަކުގައި ހަތިޔާރު އިތުރުކޮށް އަސްކަރީ ބާރުގަދަކުރުމުގެ ވާދަވެރިކަމެއް އުފެދިފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުންވެސް ނަޝީދު ވަނީ ނަސްލީ ތަފާތުކުރުންތަކާއި ހިޖުރަކުރުމާ ދެކޮޅުވާ މިންވަރުވެސް އިތުރުވެފައިވާކަން ފާހަގަކޮށް ކަންބޮޑުވުންފާޅުކޮށްފައެވެ.
"ރަނގަޅު ވިސްނުމުގައި ކަންކަން ކުރާ ވެރިން ނާންނަ ނަމަ، މިސްރާބު ހުރީ ތިންވަނަ ބޮޑު ހަނގުރާމައަކަށްކަމުގެ ބިރު އެބައޮތް" - ނަޝީދު ވިދާޅުވި އެވެ.
މިކަންކަމާއެކުވެސް ނަޝީދު ވަނީ އެ ޕޯސްޓުގައި މޫސުމަށް އަންނަ ބަދަލުގެ ކަންބޮޑުވުންތައްވެސް ފާޅުކޮށްފައެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުން މިވަގުތު ދުރަށްޖެހިވަޑައިގެން ހުންނަވައި, ނަޝީދު މިހާރު މަސައްކަތް ކުރައްވަމުން އަންނަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައެވެ.
ގުޅުންހުރި

ރައީސް ނަޝީދު އަލުން އެމްޑީޕީއާއި ގުޅެން ނިންމައިފި: ޑިމޮކްރެޓްސްގެ މެމްބަރުންވެސް ގުޅޭނެ!

ގައުމު ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން - ފައްޔާޒު

އުއްތަމަ ފަނޑިޔާރު، ނަޝީދުއަށް ގުޅުއްވި ކަމަށްބުނެ ފަތުރަމުންދާ ހަބަރަށް ނަޝީދުގެ ރައްދު: "އަލިފުން ޔާއަށް އޭގައި ހުރީ ދޮގު"
