
ޕީއެންސީގެ ރައީސް މުއިއްޒު
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ން އިންތިޚާބަކައިނުލާ ތިން ބައި-އިލެކްޝަނެއް ކާމިޔާބުކުރިކަން އިލެކްޝަންސް ކޮމިޝަން (އީސީ)ން އިއުލާނުކޮށްފިއެވެ.

އީސީ އިން ބުނީ އިންތިހާބަކާއި ނުލާ ޕީއެންސީއަށް ކާމިޔާބުވެފައިވަނީ ޅ. ހިންނަވަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިއާއި، ރ. ހުޅުދުއްފާރު ކައުންސިލް މެންބަރުކަމާއި، ޅ އަތޮޅު ކައުންސިލް ރައީސްގެ ގޮނޑި ކަމަށެވެ.
އެގޮތުން އެ ތިން ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަކުރަން ހުޅުވާލި ފުރުސަތުގައި އެ އިންތިހާބުތަކުގައި ވާދަކޮށްފައި ވަނީ ހަމައެކަނި ޕީއެންސީގެ ކެންޑިޑޭޓުންނެވެ. އެހެންކަމުން އިންތިހާބަކާ ނުލައި އެ ބޭފުޅުން އެ ގޮނޑިތަކަށް ހޮވިއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ.
ފ. ބިލެތްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން އަންނަ މަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމިނަމަވެސް އެކަމަށް އެދި ކުރިމަތިލާން ހުޅުވާލުމުން މިހާތަނަށް އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައެއްނުވެ އެވެ.
އެ ކޮމިޝަނުން ބުނީ އެ ބައި އިލެކްޝަންގައި ވާދަކުރަން އަލުން ހުޅުވާލާނެ ކަމަށެވެ.
ގުޅުންހުރި
.webp&w=3840&q=75)
މިރޭ ބާއްވަން ތާވަލުކުރި ޕީއެންސީގެ ޖަލްސާ ފަސްކޮށްފި

ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ދައުވަތަކަށް ޕީއެންސީގެ ވަފުދެއް ޗައިނާއަށް!

ލަފަޔަށް އެދުނު ކަންކަމުގައި ރައީސަށް ލަފާއަރުވައިފިން, ނަތީޖާ ވަރަށް އަވަހަށް ފެންނާނެ - އަބްދުއްރަހީމް
