logoEN
cocacola
100 މީޓަރު ބަޓަފްލައި އިވެންޓްގެ ގައުމީ ރެކޯޑް މެރާލް އައުކޮށްފި

100 މީޓަރު ބަޓަފްލައި އިވެންޓްގެ ގައުމީ ރެކޯޑް މެރާލް އައުކޮށްފި

ހަސަން ޝަމްއޫން

logo

6/15/2024, 12:03:39 AM

# ދިވެހި ކުލިވަރު# މެރާލް އައިން ލަތީފް# ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް

މެރާލް އައިން ލަތީފް

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އެ ގައުމުގެ 19 ވަނަ ގައުމީ ފެތުމުގެ މުބާރާތުގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ހުނަރުވެރި ފެތުންތެރިއާ މެރާލް އައިން ލަތީފް އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބަޓަފްލައި އިވެންޓްގެ ގައުމީ ރެކޯޑް އައުކޮށްފި އެވެ.

ގޮސިޔާ

މި ރެކޯޑް ކުރިން ވެސް އޮތީ މެރާލް އަތުގައެވެ. އެއީ 2023 ވަނަ އަހަރު، ޗައިނާގައި ކުރިއަށްދިޔަ 19 ވަނަ އޭޝިއަން ގޭމްސްގައި އޭނާ ހަދާފައިވާ ރެކޯޑެކެވެ. އެ ފަަހަރު މެރާލް ރެކޯޑް ހެދީ 01:13.99 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. އަދި މިފަހަރު މެރާލް، އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބަޓަފްލައި އިވެންޓްގެ ގައުމީ ރެކޯޑް އައުކޮށްފައި ވަނީ 01:13.96 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

މެރާލް ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ގިނަ އަހަރުތަކެއްވީ ގައުމީ ރެކޯޑްތަކެއް ވެސް މުގުރާލާފަ އެވެ. އޭގެތެރޭގައި އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ މިޑްފީލްޑް އެންޑް ސްޓްރީޓް ކައުންޓީ ކޮލިފަޔާގައި ވާދަކޮށް އަންހެނުންގެ ޝޯޓްކޯސް 50 މީޓަރު، 100 މީޓަރު އަދި 200 މީޓަރު ބަޓަފްލައި އަދި 200 މީޓަރ މެޑްލޭ އިވެންޓުން އައުކުރި ގައުމީ ރެކޯޑް ހިމެނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ