logoEN
cocacola
މިއަދުވެސް ހިޒްބުالله ގެ ވަރުގަދަ ހަމަލާތަކެއް އިޒްރޭލަށް, ދެ ގެއެއް އަނދާ އަޅިޔަށް!

މިއަދުވެސް ހިޒްބުالله ގެ ވަރުގަދަ ހަމަލާތަކެއް އިޒްރޭލަށް, ދެ ގެއެއް އަނދާ އަޅިޔަށް!

އަހުމަދު ޝުރާއު

logo

6/14/2024, 9:04:53 AM

# އިސްރާއިލް

ހިޒްބުالله އިން މިއަދު ދިން ހަމަލާގައި އިޒްރޭލު އަނދަނީ

ހިޒްބުالله ގެ އިސް ކޮމާންޑަރަކު ޝަހީދުކޮށްލުމާއި އެކު އެޖަމާއަތުން ޔަހޫދީންނަށް ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން މިއަދުވެސް އިޒްރޭލުގެ ސަރަހައްދުތަކަކަށް ހިޒްބުالله އިން ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

ގޮސިޔާ

ރިޕޯޓުތައް ބުނާގޮތުގައި ހިޒްބުالله ޖަމާއަތުން ވަނީ މިއަދު ހެނދުނުން ފެށިގެން އިޒްރޭލުގެ އިތުރުގެ ސަރަހައްދުތަކަށް އެންޓިޓޭންކު މިސައިލްތަކެއް ފޮނުވާލާފައި އެވެ.

އިޒްރޭލުގެ މީޑިއާތަކުން ބުނާގޮތުގައި ލުބުނާނުން އިސްރާއީލުގެ އުތުރުގެ މެޓޫލާއަށް އެންޓިޓޭންކް މިސައިލް ތަކެއް ފޮނުވާލުމުން ދެ ގެއަކަށް ގެއްލުންވެ ބަހެއްގައި އަލިފާން ރޯވެފައިވެއެވެ.

މީގެ އިތުރުންވެސް މިއަދުގެ ހިޒްބުالله އިން ހަމަލާތަކުގައި ޔަހޫދީ ދެ ސިފައިންގެ މީހަކަށްވެސް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައި އެވެ.

ހިޒްބުالله ޖަމާއަތުން ވަނީ ބުދަ ދުވަހު އިޒްރޭލަށް އަމާޒުކޮށް 150 އަށް ވުރެ ގިނަ މިސައިލާއި ރޮކެޓު ފޮނުވާލާފައި އެވެ. އެހަމަލާތަކުގައިވެސް ޔަހޫދީންގެ ގިނަ ގެތަކަކަށާއި އުމްރާނީ ގިނަ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހިޒްބުالله ޖަމާއަތުން ޔަހޫދީންނަށް ދެމުންދާ ހަމަލާތައް ވަރުގަދަކުރީ ހިޒްބުﷲގެ އިސް ކޮމާންޑަރު ޔަހޫދީން އަވަހާރަކޮށްލުމާއި ގުޅިގެންނެވެ. އީރާނާ ގުޅުން އޮންނަ ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ހިޒްބުالله އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ތާލިބް އަބްދުالله އަވަހާރަކޮށްލާފައި ވަނީ ބުދަ ދުވަހުގެ ހެނދުނު ޖައުއިއްޔާ އަވަށަށް ދިން ވައިގެ ހަމަލާއެއްގައި ކަމަށެވެ. ހައްޖު އަބޫ ޠާލިބުގެ ނަމުން ވެސް މަޝްހޫރުވެފައިވާ އަބްދުالله އަކީ ހިޒްބުالله ޑިވިޝަނެއްގެ ކޮމާންޑަރެވެ.

އަބްދުالله ގެ މަރާއިއެކު ހިޒްބުالله އިން ދަނީ ހުއްޓުމެއްނެތި ޔަހޫދީންނަށް ހަމަލާތައް ދެމުންނެވެ. އެގޮތުން އިޒްރޭލުގެ ގިނަ ސަރަހައްދުތަކުން މިއަދާއި އިއްޔެ މިސައިލާއި ރޮކެޓުގެ ސައިރެން އަޑު ނުކެޑެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ