logoEN
cocacola
ކައުންސިލް އިދާރާތައް އަޅާ 50 ރަށް އިއުލާންކޮށްފި

ކައުންސިލް އިދާރާތައް އަޅާ 50 ރަށް އިއުލާންކޮށްފި

އަހުމަދު ޝުރާއު

logo

6/13/2024, 6:28:02 PM

# މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަރމަންޓް އަދި ޕަބްލިކް ވޯކްސް

މިނިސްޓަރ އާދަމް ޝަރީފް

ލޯކަލް ކައުންސިލްތައް ހިންގާ އާ އިމާރާތް އަޅާ ފުރަތަމަ 50 ރަށް ކަނޑައަޅައިފި އެވެ.

ގޮސިޔާ

މި ރަށްތައް އިއުލާންކުރީ ސިޓީތަކާއި ކައުންސިލްތަކާ ބެހޭ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްަދަލުވުމެއްގައި މިނިސްޓަރު އާދަމް ޝަރީފު އުމަރު އެވެ,

އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްްޓަރ އާދަމް ޝަރީފް ވިދާޅުވީ މިނިސްޓްރީން ބެލިބެލުމުގައި 100 އަށް ވުރެ ގިނަ ރަށްރަށުގައި ކައުންސިލްގެ އާ އިމާރާތްތައް އަޅަން ޖެހޭ ކަމަށެވެ. ނަމަވެސް، މި ބުރު އިސްކަންދޭނީ މި ވަގުތު އެންމެ ބޮޑަށް އާ އިމާރާތެއް ބޭނުންވެފައިވާ ރަށްރަށަށް ކަމަށާއި އެ ރަށްތައް ކަނޑައެޅީ ވަރަށް ގިނަ ކަންކަމަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކައުންސިލް އިދާރާ އަޅަން ސަރުކާރުން ކަނޑައެޅި ފުރަތަމަ 50 ރަށަކީ، ހއ. ވަށަފަރު، ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހދ. ކުމުންދޫ، ހދ. ނޭކުރެންދޫ، ހދ. ވައިކަރަދޫ، ށ. ފޭދޫ، ށ. ކޮމަންޑޫ، ށ. ގޮއިދޫ، ށ. ނަރުދޫ، ނ. ހެނބަދޫ، ނ. ޅޮހި، ނ. ފޮއްދޫ، ނ. މަނަދޫ، ނ. މަގޫދޫ، ނ. ލަންދޫ، ރ. ވާދޫ، ރ. ހުޅުދުއްފާރު، ބ ކަމަދޫ، ބ. ކުޑަރިކިލު، ބ. ފެހެންދޫ، ބ. އޭދަފުށި، ބ. ތުޅާދޫ، ބ. ކިހާދޫ، ޅ. ކުރެންދޫ، ކ. ހިންމަފުށީ، ކ. ކާށިދޫ، ކ. ގާފަރު، ކ. ގުރައިދޫ، ކ. ތުލުސްދޫ، އދ. ކުނބުރުދޫ، އދ. މަހިބަދޫ، އދ. ފެންފުށި، މ. މުލައް، މ. ދިއްގަރު، މ. މުލި، ފ. ފީއަލި، ދ. ހުޅުދެލި، ދ. ބަނޑިދޫ، ތ. އޮމަދޫ، ތ. ގާދިއްފުށި، ތ. ބުރުނި، ތ. ގުރައިދޫ، ތ. ވޭމަންޑޫ، ލ. މާބައިދޫ، ލ. ކުނަހަންދޫ، ލ. މާވަށް، ގއ. މާމެންދޫ، ގއ. ނިލަންދޫ އަދި ގދ. މަޑަވެއްޔެވެ.

މިގޮތުން ފުރަތަމަ ބުރުގައި އެންމެ ގިނަ ކައުންސިލް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ބ އަތޮޅުގެ ރަށްތަކުގައި އެވެ. އެއަތޮޅުގެ ގިނަ ރަށްތަކުގައި ކައުންސިލްތައް ހިންގަމުން ދަނީ ވަރަށް ބޮޑަށް ބާވެ ގިނަދުވަސް ވެފައިވާ އިމާރާތްތަކުގައި އެވެ.

މިނިސްޓަރ ވިދާޅުވީ ދައުލަތުގެ މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ކައުންސިލްގެ އާ އިމާރާތްތައް އަޅަން ބަޖެޓުކޮށްފައިވާ ރަށްތައް މި ލިސްޓުގައި ނުހިމެނޭނެ ކަމަށާއި ނަމަވެސް، ބަޖެޓުގައި އޮތް ގޮތަށް އެ ރަށްތަކުގެ ކައުންސިލް އިދާރާތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ