logoEN
cocacola
ހަތަރު އަތޮޅަކުން ފަޅުރަށް ހޯދުމަށް ޝައުޤުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފައިވޭ: އާދަމް ޝަރީފް

ހަތަރު އަތޮޅަކުން ފަޅުރަށް ހޯދުމަށް ޝައުޤުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފައިވޭ: އާދަމް ޝަރީފް

އަހުމަދު ޝުރާއު

logo

8/8/2024, 5:10:44 AM

# އާދަމް ޝަރީފް# މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަރމަންޓް އަދި ޕަބްލިކް ވޯކްސް

-

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅުގައި ހިމެނޭ ފަޅުރަށްތައް ދޫކުރުމުގެ ސިޔާސަތުގެ ތެރެއިން ހަތަރު ކައުންސިލަކުން ފަޅުރަށް ހޯދުމަށް ޝައުޤުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށައަޅުއްވައިފައިވާ ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

އެ މަނިކުފާނު މިހެން ވިދާޅުވީ މާލޭސިޓީގެ ކައުންސިލަރުން ހުވާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މިހާހިސާބަށް އައި އިރު ޕްރޮޕޯސަލް ހުށައަޅާފައިވާ ރަށްތަކަކީ ރ. އަތޮޅު އިނގުރައިދޫ، ދ. އަތޮޅު ކުޑަހުވަދޫ، މ.އަތޮޅު ކައުންސިލް އަދި ލ.އަތޮޅު މާވަށު ކައުންސިލް" ވަޒީރު އާދަމް ޝަރީފު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މަސްވެރިކަމާއި، ދަނޑުވެރިކަން ފިޔަވާ އިތުރު މަސައްކަތްތައް ކުރުމަށް ކައުންސިލްތަކަށް ބޭނުންވާ ފަޅުރަށްތައް ހޯދުމަށް ކައުންސިލްތަކުން ހުށައަޅުއްވައިފައިވާ ޕްރޮޕޯސަލްތަކުގެ ޓެކްނިކަލް މަސައްކަތް ސިޓީސް މިނިސްޓްރީން ވަރަށް އަވަހަށް ނިންމެވުމަށް ފަހު ރައީސުލް ޖުމުހުރިއްޔާގެ އަރިހަށް ފޮނުއްވެވޭނެ ކަމުގެ ޔަޤީންކަން އޮތްކަމުގައެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ 25 އަހަރުގެ މުއްދަތަށް ފަޅުރަށެއް ލިބުމަކީ ކައުންސިލްތައް ބާރުވެރިކުރުމުގެ އިތުރުން ރަށްރަށަށް ދިމާވެފައިވާ އިޖްތިމާޢީ މައްސަލަތަކަށް ވެސް ޙައްލު ލިބުމަށް މަގުފަހިވެގެން ދާނެ ކަމެއް ކަމަށާ، އެ ގޮތުން ސިނާޢީ މަސައްކަތްތައް ކުރުމަށް އިތުރަށް މަގުފަހިވެގެން ދާނެ ކަމަށް ދެކިވަޑައިގެންނަވައި ކަމަށް ވެސް ވަޒީރުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

"ރަށްރަށުގައި ސިނާޢީ މަސައްކަތްތައް ކުރުމަށް ބައެއް ރަށްރަށުގައި މިހާރު ކުރަމުންދާ މަސައްކަތްތައް ހުއްޓާލަން ޖެހިފައި ވާތީ ޚާއްޞަކޮށް ފައިބަރ ގްލާސް މަސައްކަތް ނުވަތަ އެނޫން މަސައްކަތްތައް ކުރާ އިރު އާމުންނާ ހަމައަށް ފޯރާ ކެމިކަލްސްތައް ފޯރާ ފަދަ މަސައްކަތްތައް ހުއްޓާލާ ރަނގަޅު މާޙައުލެއް ރަށްރަށަށް ފޯރުކޮށްދޭން ޖެހޭ އިރު އެ ފަދަ ސިނާޢީ މަސައްކަތް ކުރާނެ ތަންތަން ލިބުމަކީ ރަށްރަށަށް މިއަދު ކޮންމެހެންވެސް ބޭނުން ވެފައިވާ ކަމެއް" ވަޒީރު ވިދާޅުވިއެވެ.

ކައުންސިލްތަކަށް މިއަދު އެ ފަދަ މަސައްކަތްކުރާނެ މަގެއް ފަހިވެގެން ދިއުމުގެ ސަބަބުން ކައުންސިލްތަކުން އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ހުރިހައި ކައުންސިލްތަކަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ