logoEN
cocacola
ކޮންގޯގެ ބޯޓެއް ބަންޑުންޖަހާލައި 80 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

ކޮންގޯގެ ބޯޓެއް ބަންޑުންޖަހާލައި 80 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

އަހުމަދު ޝުރާއު

logo

6/13/2024, 4:50:12 PM

# ޑީއާރު ކޮންގޯ

--

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) ގައި ދަތުރުކުރަމުން ދިޔަ ބޯޓެއް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރި 80 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ގޮސިޔާ

ބުދަ ދުވަހު މި ހާދިސާ ހިނގާފައިވަނީ މައި-އެންޑޮމްބެ ޕްރޮވިންސްގެ މުޝީ ސިޓީއާ ގާތްގަނޑަކަށް 70 ކިލޯމީޓަރު (43 މޭލު) ދުރުގައި އޮންނަ ކްވާ ކޯރުގަ އެވެ.

މިހާދިސާ ހިނގި ސަބަބު ބެލުމަށްޓަކައި ޚާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށް އެގައުމުގެ ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބުނެފައި އެވެ.

"ކުރިއަށް އޮތް ތަނުގައި މިފަދަ ކާރިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ހަގީގީ ސަބަބުތައް ބެލުމަށް ރައީސް ފެލިކްސް ޓްޝިސެކެޑީ ވަނީ ސަލާމަތީ ބާރުތަކަށް އަމުރުކުރައްވާފައި ،" އެގައުމުގެ ރައީސް އޮފީހުން އެކްސްގައި ޝާއިއު ކުރެއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.

މައި-އެންޑޮމްބެ ޕްރޮވިންސްގެ ގަވަރުނަރު ރީޓާ ބޯލާ ދުލާ ރޮއިޓާސް ނިއުސް އެޖެންސީއަށް ވިދާޅުވީ މި ހާދިސާ ހިނގަން މެދުވެރިވީ ރޭގަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން ކަމަށާއި ތަހުގީގުތައް ކުރިއަށް ދިޔަ ކަމަށެވެ.

ނުރައްކާތެރި ބޯޓު އެކްސިޑެންޓްތައް ޑީއާރުސީގައި އާންމުވެފައިވާއިރު، ގިނަ ފަަހަރު ހާދިސާތައް ހިނގާފައި ވަނީ އުޅަނދުފަހަރުގެ ކެޕޭސިޓީއަށް ވުރެ މާ ގިނައިން މީހުން ބަރުކުރުމުންނެވެ. މެދު އެފްރިކާގެ މި ޤައުމުގެ ބޮޑު، ޖަންގަލީގެ ސަރަޙައްދުގައި މަގުތައް މަދު އިރު، ކޯރުދަތުރުކުރުމަކީ ޢާންމު ކަމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ