logoEN
cocacola
އީދު ބަންދުގައިވެސް އާސަންދައިގެ ހިދުމަތްތައް ލިބޭނެ!

އީދު ބަންދުގައިވެސް އާސަންދައިގެ ހިދުމަތްތައް ލިބޭނެ!

އަހުމަދު ޝުރާއު

logo

6/13/2024, 12:37:12 PM

# އާސަންދަ

--

ކުރިޔަށް އޮތް އީދު ބަންދުގައިވެސް އާސައިންދައިގެ ހިދުމަތްތައް ލިބޭނެ ކަން އެކުންފުނިން ހާމަކޮށްފި އެވެ.

ގޮސިޔާ

އާސަންދައިން މިއަދު ވަނީ އެކުންފުނީގެ ކައުންޓަރުތައް އީދު ބަންދުގައި ހުޅުވިފައި ހުންނާނެ ވަގުތައް އާންމުކޮށްފައެވެ. އެގޮތުން މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހަށް އެކުންފުނީގެ މައި އޮފީސް ބަންދުވި ނަމަވެސް އެހެނިހެން އާސަންދަ ކައުންޓަރުތަކުން އެޕްލިކޭޝަންތައް ހުށަހެޅޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

ކައުންޓަރުތަކުން ހިދުަމަތް ލިބޭނެ ވަގުތުތައް: ( ހުކުރު ދުވަސްވެސް ހިމެނޭހެން )

  1. 16 ޖޫން އިން20 ޖޫން: އައިޖީއެމްއެޗް އާސަންދަ ކައުންޓަރު - 08:00 އިން 00:00 އަށް
  2. 16 ޖޫން އިން20 ޖޫން: ޓްރީޓޮޕް އަދި އޭޑީކޭ އާސަންދަ ކައުންޓަރު - 14:00 އިން 22:00 އަށް
  3. 16 ޖޫން އިން20 ޖޫން: އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލް, ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް, ފ އަތޮޅު ހޮސްޕިޓަލް - 08:00 އިން 16:00 އަށް
  4. 17 ޖޫންއިން 18 ޖޫން: ހުޅުމާލެ ހޮސްޕިޓަލް އާސަންދަ ކައުންޓަރު - 08:00 އިން 16:00 އަށް

އާސަންދައިން ވަނީ އާސަންދަ މޮބައިލް އެޕާއި މައި އާސަންދަ ޕޯޓަލް މެދުވެރިކޮށްވެސް އެޕްލިކޭޝަންތައް އީދުބަންދުގައި އޮންލައިންކޮށްވެސް ފަސޭހަކަމާއެކު ހުށަހެޅޭނެ ކަމަށް ބުނެފައި އެވެ.

އަދި އިތުރު މަޢުލޫމާތު ހޯދުމަށް އާސަންދަ ހޮޓްލައިން 1400 އަށް ކޮންމެ ގަޑިއަކުވެސް ގުޅޭނެ ކަމަށް އާސަންދައިން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ