
-
މާލޭ ސަރަހައްދުގެ ހަ ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢީދު ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކާއި ގުޅޭގޮތުން ނޫސްވެެރިންނަށް މައުލޫމާތު ދެއްވަމުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މޫސާ އަންވަރު ހަސަން ވިދާޅުވީ، އަޟްހާ ޢީދު ބޮޑު ޖަމާޢަތް މާލޭގެ 28 މިސްކިތެއްގެ އިތުރުން ހަ ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް މިހާތަނަށް ނިންމާފައިވަނީ މާލޭގެ އިސްލާމީ މަރުކަޒު، ކިންގ ސަލްމާން މިސްކިތް، މާފަންނު ސްޓޭޑިއަމް، ވިލިމާލޭ ބޯލަދަނޑު، ހުޅުމާލެ ފުރަތަމަ ފިޔަވެހި އަދި ދެވަނަ ފިޔަވަހީގައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ, މޫސުން ގޯސްވެއްޖެ ހާލަތެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމުގެ ބަދަލުގައި މާލޭގެ ހުކުރު ނަމާދު ކުރާ ބޮޑެތި މިސްކިތްތަކުގައި އީދު ނަމާދު ކުރުން އޮންނާނެ ކަމަށެވެ.
އެ ވުޒާރާއިން ވަނީ, ބޮޑު ޖަމަޢާތަށް ދާ ފަރާތްތަކުން ގެއިން ތައްޔާރުވެގެން ދިއުމަށް އެދިވަޑައިގެންފައެވެ. އެގޮތުން ގޮނޑީގައި ނަމާދު ކުރާ ފަރާތެއް ނަމަ ގޮނޑި ހިފައިގެން ދިއުމަށްވެސް ވަނީ އެދިލައްވާފައެވެ.
ގުޅުންހުރި

މިޢީދަކީ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާވެގެންދާ ޢީދަކަށް ހެދުމަށް ޢާޒިމް އެދިވަޑައިގެންފި

ޢީދު ބަންދުގައިވެސް އިޖުތިމާޢީ ވުޒާރާގެ ހޮޓްލައިންތަކުން ޚިދުމަތް ލިބިވަޑައިގަންނަވާނެ!

މާލެ ސަރަހައްދުގައި ވެސް ގައުމީ ފެންވަރުގައި އީދު ފާހަގަކުރާނެ!
