
ޕީއެންސީގެ މަޖިލީސް މެންބަރުންގެ ފަރާތުން ފަލަސްތީން ފަންޑަށް ދެ ލައްކަ ރުފިޔާ ހަދިޔާކޮށްފި
# ޕީޕީއެމް/ޕީއެންސީ--
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލަށް ކޮންގްރެސް,ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންގެ ފަރާތުން ފަލަސްތީން ފަންޑަށް ދެ ލައްކަ ރުފިޔާ ހަދިޔާކޮށްފިއެެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ފަލަސްތީނަށް އެހީތެރިވުމަށް ހާއްސަ ގައުމީ ޓެލެތޯންއެއް ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން މިއަދު ވަނީ ފަށާފައި އެވެ.
މިރޭގެ 12 ގެ ނިޔަލަށް ކުރިޔަށްގެންދާ "ފަލަސްތީނާއެކު ދިވެހިން" ޓެލެތޯންގައި ރައްޔިތުންގެ މަޖިލީހުގެ ސުޕާމެޖޯރިޓީ އޮތް ޕީއެންސީގެ ފަރާާތުން ފަންޑަށް 2 ލައްކަ ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ. އެގޮތުން މި އެހީ ޕީއެސްއެމްއާއި ހަވާލުކޮށްދެއްވީ އެޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ ރައީސް ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އެ ފައިސާއާ ޕީއެސްއެމްގެ ފަރާތުން ހަވާލުވެލެއްވީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރެވެ.
ފައިސާ ހަވާލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ އެންމެ ބާރަށް ވިންދު ޖަހާ އެންމެ ކަންބޮޑުވުން އޮތް އެއް މައްސަލައަކީ ފަލަަސްތީނުގެ މައްސަލަ ކަމަށާއި މިކަމާއި ގުޅިގެން ރައީސް އިސްނަންގަވައިގެން ފެއްޓެވި ޓެލެތޯންގައި ރައްޔިތުން ތަމްސީލު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ކަމަށެވެ. އަދި ރައްޔިތުން ތަމްސީލު ކުރާ އެންމެ ބޮޑު އެއް މުވައްސަސާއަކީ ރައްޔިިތުންގެ މަޖިލީސް ކަމަށްވުމާއި އެކު ޕީޕީއެމް، ޕީއެންސީން ގަބޫލު ކުރީ އެންމެ ފުރަތަމަ އިޖާބަ ދޭނެ ބަޔަކަށް ވާނީ އެބޭފުޅުން ކަމަށް ކަމަށެވެ.
ފައިސާ ހަދިޔާކުރުމަށްޓަކައި މަޖިލީހުގައި ހިމެނިވަޑައިގަންނަވާަ ގިނަ އަދަދެއްގެ ޕީއެންސީ މެންބަރުން ވަނީ ޓެލެތޯންގައި ބައިވެރިވެވަޑައިގެންފައެވެ.
މި ޓެލެތޯންގެ ފަންޑު ފޮށިތައް މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓަން ނިންމާފައި ވެއެވެ. އެގޮތުން ޕީއެސްއެމް ލޮޖިސްޓިކްސް އޮފީސް ކައިރި، ޕީއެސްއެމް ސްޓޫޑިއޯ 3، އެމްޓީސީސީ ވިލިމަލެ ޓިކެޓް ކައުންޓަރު، އެޗްޑީސީ ހުޅުމާލެ ފޭސް 2 ބަަސް ސްޓޮޕް، ހުޅުމާލެ ހޮސްޕިޓަލް، ވެލާނާަ އެއާޕޯޓް ޑޮމެސްޓިކް ޓާމިނަަލް، އެމްޕީއެލް، އެމްޑަބްލިވްއެސްސީ، ދަރުމަވަންތަ ހޮސްޕިޓަލް، ވެލާނާގެ، އެސްޓީއޯ ޕީޕަލް ޗޮއިސް، އެސްޓީއޯ ހެޑް އޮފީސް، ސްޓެލްކޯ ހިމެނެއެވެ.
މީގެ އިތުރުން މި ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށްވެސް އޮންލައިންކޮށް ފަސޭހަކަމާއެކު ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް 2 އެކައުންޓެއް ވަނީ ހުޅުވާފައެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.
ގުޅުންހުރި
.webp&w=3840&q=75)
މިރޭ ބާއްވަން ތާވަލުކުރި ޕީއެންސީގެ ޖަލްސާ ފަސްކޮށްފި

ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ދައުވަތަކަށް ޕީއެންސީގެ ވަފުދެއް ޗައިނާއަށް!

ލަފަޔަށް އެދުނު ކަންކަމުގައި ރައީސަށް ލަފާއަރުވައިފިން, ނަތީޖާ ވަރަށް އަވަހަށް ފެންނާނެ - އަބްދުއްރަހީމް
