logoEN
cocacola
ރޮނާލްޑޯގެ ރެކޯޑްތަކާއި އެކު ޕޯޗުގަލްއަށް ފަސޭހަ މޮޅެއް

ރޮނާލްޑޯގެ ރެކޯޑްތަކާއި އެކު ޕޯޗުގަލްއަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

6/11/2024, 8:47:19 PM

# ކްރިސްޓިއާނޯ ރޮނާލްޑޯ# ބޭރު ދުނިޔޭގެ ކުޅިވަރު# ޕޯޗުގަލް

ރޮނާލްޑޯ އަޔަލެންޑް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ

ބައިނަލްއަގުއާމީ އެކުވެރިކަމުގެ މެޗެއްގައި އަންގާރަ ދުވަހުގެ ރޭ ރިޕަބްލިކް އޮފް އަޔަލެންޑާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ޕޯޗުގަލް ކާމިޔާބުކޮށްފިއެވެ.

ގޮސިޔާ

ޕޯޗުގަލް އެންމެ ފަހުން ކުޅުނު މެޗުގައި ކްރޮއޭޝިއާ އަތުން 2-1 ގެ ނަތީޖާއަކުން އެޓީމު ބަލިވެފައިވާއިރު، އެމެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ތަޖުރިބާކާރު ޑިފެންޑަރު ޕެޕޭ ކުޅެފައެއް ނުވެއެވެ. ނަމަވެސް މިމެޗުގެ ފުރަތަމަ 11 ގައި ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ މިދެކުޅުންތެރިން ވެސް ހިމަނާފައެވެ.

މިމެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ދެލަނޑު ކާމިޔާބުކުރި އިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ފޯވާޑް ޖޮއާއު ފެލިކްސް އެވެ. މީގެއިތުރުން މިމެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ދެލަނޑާއެކު ގައުމީ ޓީމަށް ކުޅުނު 207 މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ (ދުނިޔޭގެ ރެކޯޑެއް ކަމަށްވާ) 130 އަށް އަރާފައެވެ. މިރެކޯޑުގެ އިތުރުން މިމެޗުގައި ކާމިޔާބުކުރި ދެލަނޑާއެކު ރޮނާލްޑޯގެ ފުޓްބޯޅަ ކެރިއަރުގައި ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ (ދުނިޔޭގެ ރެކޯޑެއް ކަމަށްވާ) 895 އަށް އަރާފައެވެ.

މީގެ އިތުރުން މިމެޗުގައި ރޮނާލްޑޯ ހާސިލްކުރި އަނެއް ރެކޯޑަކީ ގައުމީ ޓީމަށް ޖެހިޖެހިން 21 އަހަރު ލަނޑުޖެހި ފުރަތަމަ ކުޅުންތެރިއާގެ ރެކޯޑެވެ. ރޮނާލްޑޯ ވަނީ 2004 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާއި ހަމައަށް ކޮންމެ އަހަރަކުވެސް މަދުވެގެން އެއްލަނޑު ޕޯޗުގަލް ގައުމީ ޓީމަށް ކާމިޔާބުކޮށްދީފައެވެ.

ބުރާސްފަތި ދުވަހު ޖަރުމަނުގައި ފަށާ ޔޫރޯގައި ޕޯޗުގަލް ހިމެނުނީ ޗެކް ރިޕަބްލިކް، ޖޯޖިއާ އަދި ތުރުކީއާއެކު ގުރޫޕް އެފްގައެވެ. އަދި މުބާރާތުގައި ޕޯޗުގަލްގެ ފުރަތަމަ މެޗުގައި މިމަހުގެ 19 ވަނަ ދުވަހުގެ ރޭ އެޓީމުން ނުކުންނާނީ ޗެކް ރިޕަބްލިކާއި ދެކޮޅަށެވެ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ