
--
މާލެ ސިޓީގެ ގެއެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ސިފައިން ބުނީ ގަލޮޅު މައިނާގޭ ގްރައުންޑް ފްލޯރގައި ބަހައްޓާފައި ހުރި ލަކުޑިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެެފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް ސިފައިން ިބުނީ ރޭ ފަތިހު 05:13 ހާއިރު އެވެ. މިއާއި އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށާއި އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ލަކުޑިތަކުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ ފަތިހު 05:42 ހާއިރު ކަމަށް ސިފައިން ބުނެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.
ގުޅުންހުރި

"އެކްސަސައިޒް އެކަތަ - 8" ކާމިޔާބުކަމާ އެކު ނިންމާލައިފި

ރާއްޖެއާއި އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިޔަށްގެންްދާ "އެކްސަސައިޒް އެކުވެރިން" ޓްރިވެންޑްރަމްގައި ފަށައިފި

ލަންކާގައި ކުރިއަށްގެންދިޔަ ފްލީޓް ރިވިއުގެ ހަރަކާތުގަ ކޯސްޓްގާޑު ޝިޕް ހުރަވީ ބައިވެރިވެއްޖެ





