
ހިޒްބުالله ޖަމާއަތުން އިޒްރޭލުގެ ޑްރޯނެއް ވައްޓާލައިފި އެވެ.

މިކަން ޔަހޫދީ އިޒްރޭލު އަސްކަރިއްޔާއިން ވެސް ވަނީ ކަށަވަރުކޮށްދީފައި އެވެ. އިސްރާއީލުގެ ޑްރޯނެއް ލުބުނާނުގެ ވައިގެ ސަރަހައްދުން ވައްޓާލާފައިވަނީ ވައިގެ މަގުން ފޮނުވާލި މިސައިލަކުން ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެއެވެ.
"ލުބުނާނުގެ ވައިގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އިސްރާއީލުގެ ވައިގެ ސިފައިންގެ ޔޫއޭވީ [އިންސާނުން ނެތް ވައިގެ އުޅަނދެއް] އާ ދިމާލަށް ސަރފޭސް ޓު އެއާ މިސައިލެއް ފޮނުވާލި. އޭގެ ސަބަބުން ޔޫއޭވީ ހަލާކުވެ، ލުބުނާނުގެ ސަރަހައްދަށް ވެއްޓުނީ،" އަސްކަރިއްޔާއިން ބުންޏެވެ.
ލުބުނާނުގެ ހިޒްބުالله ޖަމާއަތުން ބުނީ އެޖަމާއަތުގެ ވައިގެ ދިފާއީ ނިޒާމުތަކުން އިޒްރޭލުގެ ހަރމީސް 900 ޔޫއޭވީ އުޅަނދު ވައްޓާލީ ލުބުނާނުގެ ދެކުނުގެ ސަރަހައްދަށް ހަމަލާދޭން ތައްޔާރުވަމުން ދަނިކޮށް ކަމަށެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޣައްޒާގައި ހަނގުރާމަ ފެށި ފަހުން ހިޒްބުالله އިން ވަނީ އިސްރާއީލުގެ ބޯޑަރު ހުރަސްކޮށް ޔަހޫދީންނަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ދީފައެވެ.
ގުޅުންހުރި

ހިޒްބުالله ގެ އިސް ކޮމާންޑަރަކު ޝަހީދުކޮށްލައިފިން - އިސްރާއީލް

ނަސްރަالله ހިމެނޭހެން ޝަހީދުކޮށްލި ހިޒްބުالله ގެ އިސްވެރިންގެ ރަސްމީ ޖަނާޒާ މިމަހު ފަހުކޮޅު!

ހިޒްބުالله ގެ އިސް ކޮމާންޑަރަކު ޝަހީދުކޮށްލައިފި
