
ހަޒަރޑަސް ވޭސްޓް އޮޕަރޭޝަންސް އެންޑް އިމަޖެންސީ ރެސްޕޮންސްއާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ފަށައިފި
# މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ--
ހަޒަރޑަސް ވޭސްޓް އޮޕަރޭޝަންސް އެންޑް އިމަޖެންސީ ރެސްޕޮންސްއާ ގުޅޭ ތަމްރީން ޕްރޮގްރާމެއް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޕޮޕްސް ޕްރޮޖެކްޓްއިން ފަށައިފިއެވެ.

4 ދުވަހަށް ކުރިޔަށްދާނެ މި ތަމްރީން ޕްރޮގްރާމުގައި ނުރައްކާތެރި ކުނި މެނޭޖްކުރުމާ ނައްތާލުމަށް ކަނޑައަޅާފައިވާ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ގަވައިދުތަކަށް ގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން އަހުލުވެރިކުރުވާނެ އެވެ.
މި ތަމްރީން ޕްރޮގްރާމް ފައްޓަވައިދެއްވައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ނިޒާމް ދެއްކެވި ވާހަކަފުޅުގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ ނިޒާމް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާއިރު ނުރައްކާތެރި ކުނި ނައްތާލުމުގެ އިންތިޒާމެއް ނެތްކަން ފާހަގަކުރެއްވިއެވެ. އަދި މި ކަމަށް ހައްލު ހޯދުމުގެގޮތުން ތިމާވެށްޓާއި އިންސާނުންގެ ސިއްހަތަށް ގެއްލުންދޭ ކެމިކަލްތަކާއި ނުރައްކާތެރި ކުނި ނައްތާލުމަށް ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް)ގެ ހިލޭއެހީގެ ދަށުން ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާ ގުޅިގެން މި މިނިސްޓްރީން ހިންގާ އެލިމިނޭޓިންގ ޕާސިސްޓަންޓް އޯގަނިކް ޕްލޮއުޓިންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް މަޝްރޫއު (ޕޮޕްސް ޕްރޮޖެކްޓް)ގެ ދަށުން އައްޑޫ ސިޓީގައި އިންޓަރިމް ހަޒަޑަރސް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމުކޮށް، ވެމްކޯއާ މި މަރުކަޒު ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރެއްވިއެވެ.
9 ޖޫން ގައި ފަށާފައިވާ ތަމްރީނު ޕްރޮގްރާމްގައި ހިމަނާފައިވާ ބައިތަކުގެ ތެރޭގައި ނުރައްކާތެރި ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށާއި، ތަފާތު ބާވަތްތަކުގެ ނުރައްކާތެރި ކުނި ވަކި ކުރާނެ ގޮތާއި، ލޭބަލް ކޮށް ސްޓްރޯ ކުރާނެ ގޮތާއި އަދި ނުރައްކާތެރި ކުނި ބޭރުވުން ހުއްޓުވުމަށާއި ބޭރުވެއްޖެނަމަ ފިޔަވަޅުއެޅުމުގައި ގެންގުޅޭނެ ޚާއްސަ އުސޫލުތައް ހިމެނެއެވެ.
ގުޅުންހުރި

ވިލުންވެށި ގްރާންޓް ޕްރޮގްރާމް އިފްތިތާހްކޮށްފި

އިންޓަރނޭޝަނަލް ސޯލާ އެލަޔަންސް ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

ބީބީއެންޖޭ އެއްބަސްވުން ޤައުމީ ފެންވަރުގައި ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުމަށް އދ އާއިއެކު މަޝްވަރާކޮށްފި




