logoEN
cocacola
ވާދަވެރި ކުޅުމަކަށްފަހު ތުޅާދޫ ބަލިކޮށް އޮރިސްކް  ފައިނަލަށް

ވާދަވެރި ކުޅުމަކަށްފަހު ތުޅާދޫ ބަލިކޮށް އޮރިސްކް ފައިނަލަށް

ހަސަން ޝަމްއޫން

logo

6/9/2024, 6:39:55 PM

# ވެމްކޯ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕް 2024# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސް

އޮރިކްސް އާއި ތުޅާދޫ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / އާހިލް

7 ވަނަ ވެމްކޯ ހޭންޑްބޯޅަ މޯލްޑިވްސް ޗެންޕިއަންޝިޕް 2024 ގެ އަންހެން ޑިވިޝަން ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ ތުޅާދޫ އާއި އޮރިކްސް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 26-38 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އޮރިކްސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ގޮސިޔާ

އޮރިކްސް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ފަސޭހަކަމާއެކު 14-41 ގެ ތަފާތުބޮޑު ނަތީޖާއަކުން ޒެފްރޯލް ބަލިކުރުމަށްފަހުއެވެ. އަދި ތުޅާދޫ ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ފަސޭހަކަމާއެކު 15-33 ގެ ތަފާތުބޮޑު ނަތީޖާއަކުން ހޯކެޓްސް ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހުއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަ ޕޮއިންޓްގެ ލީޑަކާއެކު 12-18 ގެ ނަތީޖާއަކުން އޮރިކްސް ކުރީގައި އޮވެގެންނެވެ. އަދި މެޗެގެ ދެވަނަ ހާފުގައި އޮރިކްސް އިން އިތުރު 20 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ތުޅަދޫ އިން 13 ލަނޑު ކާމިޔާބުކުރިއެވެ.

އެގޮތުން މިމެޗުގައި އޮރިކްސްގެ ފާތުމަތު އަރޫޝާ 10 ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ފާތިމަތު ޝިފާ އަދި އައިޝަތު ރީމާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ހަ ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެޓީމުގެ އާމިނަތު ނަހީން އަހުމަދު ފަސް ލަނޑު އަދި އާމިނަތު ޝޫޒާ ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ޒުލައިޚާ އިބްރާހިމް އަދި އާމިނަތު ޝުދާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އައިޝަތު ފަޒީލާ އެވެ.

މީގެ އިތުރުން މިމެޗުގައި ތުޅާދޫގެ ޒުހާ ހުސެއިން ހަ ލަނޑު ކާމިޔާބުކުރިއިރު، އާމިނަތު އިބާ އިބްރާހިމް އަދި ފާތުމަތު ސައުސަން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ ރިޒުނާ މުހައްމަދު ހަތަރު ލަނޑު، ޝިޒުނާ ރަޝީދު ތިން ލަނޑު، އާމިނަތު ފަޒްލާ ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ޒުހާ ރަޝީދު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮރިކްސްގެ ފާތުމަތު އަރޫޝާ އެވެ.

މިއަހަރުގެ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި 16 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމު މުބާރާތުގެ ކުއާޓާ ފައިނަލަށް ހޮވުނުއިރު، ކުއާޓާ ފައިނަލާއި ސެމީ ފައިނަލުގެ މެޗުތައް ނިމި މުބާރާތުގެ ފައިނަލުގައި ވާދަކުރާ ދެޓީމު މިހާރު ވަނީ ޔަގީން ވެފައެވެ.

އެގޮތުން މުބާރާތުގެ ފައިނަލުގައި މިމަހުގެ 11 ވަނަ ދުވަހުގެ ރޭ އޮރިކްސް އިން ނުކުންނާނީ އެންމެ ފަހުގެ ޗެންޕިއަން ރެޑްހޯކްސް އާއި ދެކޮޅަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ