-1791113559823.jpeg?w=3840&q=75)






.jpg?w=3840&q=75)

ޣައްޒާގެ ހާލަތު
ޔަހޫދީން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 37,000 އަށްވުރެ މައްޗަށް އަރައިފި އެވެ.
ޣައްޒާގެ ސިއްހީ ވުޒާރާއާއި ހަވާލާދީ މިއަދު އަލްޖަޒީރާއިން ބުނީ ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 37,085 އަށް އަރާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 15,000 ކުޑަކުދިންވެސް ހިމެނެއެވެ.
މީގެ އިތުރުން ހަމަލާތަކުގައި ޒަހަމްވި މީހުންގެ ޖުމުލަ އަދަދު ވަނީ މިހާރު 84,494 އަށް އަރާފައި އެވެ.
އަދަދުތައް މަތިވަމުން އަންނަ އިރު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާގައި ޔަހޫދީން އަސީރުން މިނިވަން ކުރަން ކަމަށްބުނެ ހިންގި ގަތުލުއާންމެއްގައި 274 މީހުން ވަނީ ޝަހީދުވެފައި އެވެ.
ޔަހޫދީން ޣައްޒާއަށް ބޮޑެތި ހަމަލާތަކެއް ދޭން ފެށީ އޮކްޓޯބަރު 7 ގައި އެވެ. ހަމަލާތަކަށް މިހާރު 7 މަސްވެގެން ދިޔަ އިރު ޔަހޫދީން ދަނީ ހަމަލާތައް ދުވަހަކަށް ވުރެ ދުވަހެއް ވަރުގަދަ ކުރަމުންނެވެ.
-1791113559823.jpeg?w=3840&q=75)





