
އަސީރުން މިނިވަން ކުރަން ކަމަށް ބުނެ ހިންގި އޮޕަރޭޝަންގައި އަމިއްލަ ތިން އަސީރުން މަރާލި, އެމެރިކާ މީހަކުވެސް ހިމެނޭ!
# ޣައްޒާއަސީރުން މިނިވަން ކުރަން ކަމަށް ބުނެ ޔަހޫދީ އިޒްރޭލުން އިއްޔެ ހިންގި އޮޕަރޭޝަންގައި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންތަކެއް އިޒްރޭލު އަސްކަރިއްޔާއިން މަރާލާފައިވާ ކަމަށް ހަމާސްއިން ބުނެއެވެ.

ހަމާސްއިން ބުނީ ޔަހޫދީ އަސްކަރިއްޔާއިން 4 އަސީރަކު މިނިވަން ކުރަން ކުރި މަސައްކަތުގައި 3 އަސީރަކު މަރުވީ ޔަހޫދީން ދިން ހަމަލާތަކުގައި އެވެ.
އަދި މަރާލި އަސީރުންގެ ތެރޭގައި އެމެރިކާގެ ރައްޔިތަކުވެސް ހިމެނޭ ކަމަށް ހަމާސްގެ ހަތިޔާރު އެޅި ގޮފި ޣައްސާމް ބްރިގޭޑުން މިއަދު ޓެލެގްރާމްގައި އާންމުކުރި ޕޯސްޓެއްގައި ވަނީ ބުނެފައި އެވެ.
ޔަހޫދީން އިއްޔެ ޣައްޒާގައި އަސީރުން މިނިވަން ކުރަން ކަމަށްބުނެ ހިންގި އޮޕަރޭޝަންގައި ޣައްޒާގެ 270 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައި އެވެ. ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން އެތައް މުސްލިމުންނެއް ޝަހީދުކޮށްލުމަށްފަހު އިޒްރޭލަށް މިނިވަން ކުރެވުނީ އެންމެ 4 އަސީރުންނެވެ.
ޔަހޫދީން އިއްޔެ ހިންގި އޮޕަރޭޝަންގައި އެމެރިކާގެ މެރިންސް ސިފައިން ހަރަކާތްތެރިވި ކަމަށް ބައެއް ރިޕޯޓުތައް ބުނާއިރު އެކަން އެމެރިކާއިން ވަނީ ކުށްވެރިކޮށްފައި އެވެ. ނަމަވެސް އަސީރުން ގޮވައިގެން އިޒްރޭލަށް ދިޔަ ސިފައިން ތިބީ އިސްރާއީލް އަސްކަރިއްޔާގެ ޔުނީފޯމުގައި ނޫންކަމަށް ރިޕޯޓުތައް ބުނެއެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 63،000 އިން މައްޗަށް!

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހައިހޫނުކަމުގައި ޣައްޒާއިން 11 މަރު!

ޔަހޫދީން ހަމަލާތައް ހުއްޓާނުލައިފި ނަމަ އިނގިރޭސިވިލާތުން ފަލަސްތީނު ދައުލަތް ރަސްމީކޮށް ބަލައިގަންނާނެކަން ހާމަކޮށްފި
