logoEN
cocacola
ޕޯޗުގަލް ބަލިކޮށް ކްރޮއޭޝި އިން ޔޫރޯ އާއި ކުރިމަތިލަނީ އިތުބާރާއެކު

ޕޯޗުގަލް ބަލިކޮށް ކްރޮއޭޝި އިން ޔޫރޯ އާއި ކުރިމަތިލަނީ އިތުބާރާއެކު

ހަސަން ޝަމްއޫން

logo

6/9/2024, 12:18:58 AM

# ބޭރު ދުނިޔޭގެ ކުޅިވަރު

ލޫކާ މޮޑްރިޗު ޕޯޗުގަލް އާއި ދެކޮޅަށް ކުޅެނީ

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ހޮނިހިރު ދުވަހުގެ ރޭ 2-1 ގެ ނަތީޖާއަކުން ޕޯޗުގަލް ބަލިކޮށް ކްރޮއޭޝިއާއި ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ފަހު މެޗު ނިންމާލީ މޮޅަކާއެކުގައެވެ.

ގޮސިޔާ

މީގެ އިތުރުން މިއީ މިހާތަނަށް މިދެޓީމު މިހާތަނަށް ކުޅުނު އަށް މެޗުގެ ތެރެއިން ކްރޮއޭޝިއާ މޮޅުވި ފުރަތަމަ މެޗެވެ. އަދި މިއީ ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް އެޓީމާއި ހަވާލުވި ފަހުން ކުޅުނު 14 މެޗުގެ ތެރެއިން ޕޯޗުގަލް ބަލިވި ދެވަނަ މެޗެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެ ކުޅެ ޕޯޗުގަލުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސްކުރީ ކްރޮއޭޝިއާ އިންނެވެ. ނަތީޖައެއްގެ ގޮތުން މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު ލޫކާ މޮޑްރިޗް އެވެ. މިއީ އުމުރުން 39 އަހަރުގެ މިޑްފީލްޑަރު ގައުމީ ޓީމަށް ކާމިޔާބުކޮށްދިން 25 ވަނަ ލަނޑެވެ.

ޕޯޗުގަލް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ އެޓީމުގެ ލިވަޕޫލުގެ ފޯވާޑް ޑިއޭގޯ ޖޯޓާއެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން ކްރޮއޭޝިއާ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އެންޓޭ ބުޑިމިއަރ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ކުރީގައި އޮވެގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ