logoEN
cocacola
ޕޮލެންޑް އަތުން މޮޅުވެ ޕޯޗުގަލް ގުރޫޕްގެ އެއްވަނައަށް

ޕޮލެންޑް އަތުން މޮޅުވެ ޕޯޗުގަލް ގުރޫޕްގެ އެއްވަނައަށް

ހަސަން ޝަމްއޫން

logo

10/12/2024, 8:19:27 PM

# ޕޮލެންޑް# ޕޯޗުގަލް# ބޭރު ދުނިޔޭގެ ކުޅިވަރު# ޔުއެފާ ނެޝަނަލް ލީގު

ބެނާޑޯ ސިލްވާ (ކ) އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ޕޮލެންޑާއި ދެކޮޅަށް ކުޅެނީ

ޔުއެފާ ނެޝަނަލް ލީގް ފުރަތަމަ ޑިވިޝަން ގުރޫޕް އޭގައި މިރޭ ރަށުން ބޭރުގައި 3-1 ގެ ނަތީޖާއަކުން ޕޮލެންޑް ބަލިކޮށް ޕޯޗުގަލް އިން ގުރޫޕްގެ އެއްވަނައަށް ކުރިއަށްޖެހިލައިފިއެވެ.

ގޮސިޔާ

މުބާރާތުގައި ޕޯޗުގަލް އެންމެ ފަހުން ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން ކްރޮއޭޝިއާ އަތުން މޮޅުވެފައިވާއިރު، ޕޮލެންޑް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-3 ގެ ނަތީޖާއަކުން ސްކޮޓްލޭންޑް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޕޯޗުގަލް އިން މެޗު ޑޮމިނެޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ބެނާޑޯ ސިލްވާ އެވެ. މިއީ އެޓީމުގެ ބުރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޕޯޗުގަލް އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ އެޓީމުގެ ރަފައެލް ލެއާއު ގޯލަށް ފޮނުވާލި ހަމަލާއެއް އަރިމަތީ ދަނޑީގައި ޖެހިފައި ނުކުތްވަގުތު މުޅިން ހުސްކޮށްހުރެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުންވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާނުކުރެވި 2-0 ގެ ނަތީޖާއަކުން ޕޯޗުގަލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އެގޮތުން ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި ޕޮލެންޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޕިއޮޓޯ ޒެލެންސްކީ އެވެ.

ނަމަވެސް އޭގެ 10 މިނެޓުފަހުން ޕޯޗިގަލް އިން ވަނި އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓިމުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑަކީ އެޓީމުގެ ޑިފެންޑަރު ނޫނޯ މެންޑޭސް ކުރިއަށް ފޮނުވާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޕޮލެންޑްގެ ޑިފެންޑަރު ޖަން ބެޑްނާރެކް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ،3-1 ގެ ނަތީޖާއަކުން ޕޯޗުގަލް ކުރީގައި އޮވެގެންނެވެ.

މިނަތިޖައެކު ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި ޕޯޗުގަލް އޮތްއިރު، މިމެޗުން ބަލިވި ޕޮލެންޑް ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ތިންވައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ