
ހިޒްބުالله ޖަމާއަތުން ޔަހޫދީންގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފި އެވެ.

ލުބުނާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހިޒްބުالله އިން ބުނީ އިސްރާއީލުގެ އުތުރުގައި ހުންނަ އަސްކަރީ ކޮމާންޑް ސެންޓަރަކަށް ފަލަކް 2 ރޮކެޓް ފޮނުވާލާފައިވާ ކަމަށެވެ.
ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ ފަލަކް 2 ބާވަތުގެ ރޮކެޓެއް ބޭނުންކުރި ފުރަތަމަ ފަހަރެވެ.
ހިޒްބުالله އިން ވަނީ މި ހަމަލާދީފައިވަނީ ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެފައިވެ އެވެ.
ލުބުނާނުގެ ދައުލަތުގެ ނިއުސް އެޖެންސީ، އެންއެންއޭ އިން ބުނީ ލުބުނާނުގެ ދެކުނުގެ އަވަށެއް ކަމަށްވާ އައިޓާރޫންގެ ބޭރުގައި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ދެ މީހަކު މަރުވެފައިވާ ކަމަށެވެ. ބެލެވޭ ގޮތުގައި ހިޒްބުالله ގެ ހަމަލާއަކީ މިކަމުގެ ބަދަލު ހިފުމަށް ދިން ހަމަލާއެކެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

ނަސްރަالله ހިމެނޭހެން ޝަހީދުކޮށްލި ހިޒްބުالله ގެ އިސްވެރިންގެ ރަސްމީ ޖަނާޒާ މިމަހު ފަހުކޮޅު!

ހިޒްބުالله ގެ އިސް ކޮމާންޑަރަކު ޝަހީދުކޮށްލައިފި

އިއްޔެ އެކަނިވެސް ހިޒްބުالله ގެ 340 ރޮކެޓު އިޒްރޭލަށް, ޔަހޫދީންގެ ވެރިރަށަށް ބޮޑެތި ގެއްލުންތަކެއް!
