
--
ޔަހޫދީ އިޒްރޭލުން މިއަދު ޣައްޒާއަށް ދިން ހަމަލާގަައި ޝަހީދުވި މީހުންގެ އަދަދު 210 އަށް އަރާފައިވާ ކަމަށް ޣައްޒާ ސަރުކާރުން ބުނެފި އެވެ.

ޣައްޒާ ސަރުކާރުން މިކަން ހާމަކޮށްފައިމިވަނީ މި ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 150 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ޣައްޒާގެ ބައެއް މީޑިއާތަކުން ރިޕޯޓުކުރިތާ އިރުކޮޅެއްގެ ތެރޭގައި އެވެ.
ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނި ގޮތުގައި ނުސީރަތު ރެފިއުޖީ ކޭމްޕުގައި އިސްރާއީލުން ހިންގި ގަތުލުއާންމުގެ ސަބަބުން ފަލަސްތީނުގެ 210 މީހުން ޝަހީދުވެ، 400 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައި އެވެ.
މީޑިއާ އޮފީހުގެ ރަސްމީ ޓެލެގްރާމް ޗެނަލްގައި ނެރުނު ބަޔާނެއްގައި ބުނީ ޒަހަމްވި މީހުން ކޭމްޕުގައި ހުންނަ އަލް އަވްދާ ހޮސްޕިޓަލާއި ދީރް އަލް ބަލާހްގައި ހުންނަ އަލް އަޤްސާ ޝަހީދުންގެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ޔަހޫދީން މިއަދު ޣައްޒާގައި ހިނގި ގަތުލުއާންްމުއަކީ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އަސީރުންގެ ގޮތުގައި އަތުލައިގަތް އިސްރާއީލުގެ 4 ޔަހޫދީއަކު މިނިވަން ކުރުމަށް ބުނެ ހިންގި ގަތުލުއާންމެކެވެ. ހަމާސްގެ ހަނގުރާމަވެރިން ޔަހޫދީ އަސީރުންގެ ފުރާނައަށް ނުރައްކާވަރަށް އަނިޔާކޮށްފައިވާ ކަމަށް އިޒްރޭލާއި އިޒްރޭލަށް ވާގިވެރިވާ ހުޅަނގުގެ ގައުމުތަކުން ބުނި ނަމަވެސް މިއަދު ސަލާމަތްކުރި ކަމަށްބުނާ އަސީރުން ތިބީ ހެޔޮ ހާލުގައި އެވެ.
ގުޅުންހުރި

ޚާން ޔޫނުސްއަށް ޔަހޫދީން ރޭ ދިން ހަމަލާގައި ތުއްތު ތިން ކުއްޖަކު ޝަހީދުކޮށްލި: އެއްކުއްޖަކީ އެންމެ އެއް މަހުގެ ކުއްޖެއް!

ސޭފް ޒޯނެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަލް މަސާވީގެ ޓެންޓަކަށް ބޮން އަޅައި 5 މީހަކު ޝަހީދުކޮށްލައިފި، ކުޑަކުއްޖަކު ހިމެނޭ!

މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން 44 މީހަކު ޝަހީދުކޮށްލައިފި: ކުޑަކުދިންތަކެއްވެސް ހިމެނޭ!
