logoEN
cocacola
އަބްދުއްރަހީމްގެ ސިޔާސީ ކާމިޔާބީ ކުލަގަދަކޮށް ލާމުގައި ފާހަގަކޮށްފި

އަބްދުއްރަހީމްގެ ސިޔާސީ ކާމިޔާބީ ކުލަގަދަކޮށް ލާމުގައި ފާހަގަކޮށްފި

އަހުމަދު ޝުރާއު

logo

6/8/2024, 1:42:44 PM

# އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

އަބްދުއްރަހީމް އަށް ކައްދޫއިން މަރުހަބާ ދެންނެވުން

ރާއްޖޭގެ ތިން ބާރުގެ ތެރެއިން އެއް ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ރައީސް, އަބްދުއްރަހީމް އަބްދުالله ގެ ސިޔާސީ ކުލަގަދަކޮށް އެމަނިކުފާނުގެ އުފަން ރަށްކަމަށްވާ ލ ފޮނަދޫގައި ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

ގޮސިޔާ

2008 ވަނަ އަހަރު ސިޔާސީ ހަޔާތް ފެއްޓެވި އަބްދުއްރަހީމް ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް އިންތިހާބުވެވަޑައިގެންނެވީ ފޮނަދޫ ދާއިރާއިންނެވެ. މީގެ ކުރިންވެސް ފޮނަދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އަބްދުއްރަހީމް މަޖިލީހުގެ ހުވާ ކުރެއްވުމަށްފަހު މެމްބަރުންގެ މެދުގައި ކުރިޔަށްދިޔަ މަޖިލީހުގެ ރައީސް ހޮވުމުގެ ސިއްރު ވޯޓު ކާމިޔާބުކުރެއްވީ ބޮޑު ތަފާތަކުން ޕީއެންސީގެ ސުޕާ މެޖޯރިޓީއާއި އެކުގައި އެވެ. މިއީ ލާމު އަތޮޅަށް ނަސްބަތްވާ އަބްދުއްރަހީމް އަށާއި ލ ފޮނަދޫގެ ސިޔާސީ ބޭފުޅަކަށް މިހާތަނަށް ހޯއްދެވުނު އެންމެ ބޮޑު ސިޔާސީ ކާމިޔާބީ އެވެ.

ސިޔާސީ ކާމިޔާބީ ފާހަގަކުރުމަށްޓަކައި އަބްދުއްރަހީމް އާއި އެމަނިކުފާނުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ވަފުދެއް ލާމު އަތޮޅަށް ވަޑައިގެންނެވީ އިއްޔެ ހަވީރު އެވެ. އެގޮތުން ކައްދޫ އެއާޕޯޓުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައި އެވެ. އަދި ފޮނަދޫއަށް ވަޑައިގަތުމުން އެރަށުގެ ކުދި ބޮޑު ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައި އެވެ.

View post on Twitter

ސިޔާސީ ކާމިޔާބީ ފާހަގަކުރެއްވުމަށްޓަކައި ރޭ އެރަށުގައި ވަނީ ޚާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައި އެވެ. އެގޮތުން "ބޮޑުކޭން" އާއި އެކު ހަވާވެސް ވަނީ އަރުވާފައި އެވެ. އަދި އެމަނިކުފާނަށްޓަކައި ރޭ އެރަށުގައި ބޭއްވި ސަގާފީ ހަރަކާތްތަކުގެ ތެރެއިން ކުރިޔަށް ގެންދިޔަ ދަނޑިޖެހުމުގެ ހަަރަކާތުގައި އަބްދުއްރަހީމް ވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. އެ ހަރަކާތުގައި އަބްދުއްރަހީމް ބައިވެރިވެވަޑައިގެން ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ އިރު ގިނަ ބައެއްގެ ސަމާލުކަން އެވީޑިއޯއަށް ވަނީ ލިބިފައެވެ.

View post on Twitter

އަބްދުއްރަހީމް ނުވަތަ އާންމު ނަމުން ނަމަ އަދުރޭ އަކީ މިހާރު ރާއްޖޭގައި ވެރިކަން ކުރާ ޕްރޮގްރެސިވް ކޯލިޝަން ވެރިކަމަށް ގެނައުމަށްޓަކައި އެންމެ މަސައްކަތް ކުރެއްވި އެއް ބޭފުޅާއެވެ. އެގޮތުން ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށްޓަކައި އެންމެ އިސް ސަފުގައި މަސައްކަތް ކުރެއްވީ އަބްދުއްރަހީމް އެވެ. އަދި މަޖިލީހަށް އިންތިހާބުވުމުގެ ކުރިން އެމަނިކުފާނު ހުންނެވީ ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ