ތަފާތުބޮޑު ނަތީޖާއަކުން ޒެފްރޯލް ބަލިކޮށް އޮރިކްސް ސެމީ ފައިނަލަށް
# ދިވެހި ކުޅިވަރު # ވެމްކޯ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕް 2024# ހޭންޑްބޯލް މޯލްޑިވްސްއޮރިކްސް އާއި ޒެފްރޯލް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / އާހިލް
7 ވަނަ ވެމްކޯ ހޭންޑްބޯޅަ މޯލްޑިވްސް ޗެންޕިއަންޝިޕް 2024 ގެ އަންހެން ޑިވިޝަން ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި މިރޭ އޮރިކްސް އާއި ޒެފްރޯލް ވާދަކުރި މެޗު ފަސޭހަކަމާއެކު 41-14 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ، އޮރިކްސް އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ޒެފްރޯލް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމުން ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވިއިރު، އަނެއް މެޗުން ވަނީ ބަލިވެފައެވެ. އަދި އޮރިކްސް ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި އޮރިކްސްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 20-6 ގެ ތަފާތުބޮޑު ނަތީޖާއަކުން އޮރިކްސް ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު 21 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ޒެފްރޯލަށް ކާމިޔާބުކުރެވުނީ އަށް ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮރިކްސްގެ ޒުލެޚާ އިބްރާހިމް އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް 11 ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިއަހަރުގެ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި 16 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމު މުބާރާތުގެ ކުއާޓާ ފައިނަލަށް ހޮވިފައިވާއިރު، މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ކުޅުމަށް މިހާރު ހަމަޖެހިފައި ވަނީ ޖޫން މަހުގެ ނުވަ ވަނަ ދުވަހު އެވެ. އަދި ފައިނަލް މެޗު ކުޅުމަށް ތާވަލު ކުރެވިފައިވަނީ ޖޫން މަހުގެ އެގާރަވަނަ ދުވަހުގެ ރޭ އެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ނެޓްބޯޅަ: އެޓޭކާސް އަދި ހައި ފްލަޔާސް މޮޅުވިއިރު، ފައިޓާސް އާއި ދަ ބޯލްޓްސްގެ ކުރިމަތިލުން އެއްވަރު
.jpg&w=3840&q=75)
ނެޓްބޯޅަ: ކުލަބު ހުޅު ދެމެޗުން ވެސް މޮޅުވިއިރު، ސްޕާކްސް އަތުން ކްއީންސްއަށް ތަފާތުބޮޑު މޮޅެއް
.jpg&w=3840&q=75)
ނެޓްބޯޅަ: ސްޓާރސް އަތުން ޕަވާ ޕަފް މޮޅުވިއިރު، ނެޓް އެޓޭކާސް އަތުން ނެޓް ނިންޖާސްއަށް ފަސޭހަ މޮޅެއް

.gif&w=3840&q=75)



