logoEN
cocacola
މިނިސްޓަރ ޒަމީރު ލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

މިނިސްޓަރ ޒަމީރު ލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

އަހުމަދު ޝުރާއު

logo

6/6/2024, 3:51:16 PM

# މިނިސްޓަރ ޒަމީރު

މިނިސްޓަރ ޒަމީރު ލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުން

މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ގޮސިޔާ

މިދަތުރުފުޅަކީ ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް މިނިސްޓަރ ލަންކާއަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޒަމީރު ވަނީ އެގައުމުގެ ރައީސް ރައީސް ރަނިލް ވިކްރަމަސިންހައާއި ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައި، ދެޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން ބައްލަވާލައްވައި، އިތުރަށް ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި އެވެ.

މިނިސްޓަރު ޒަމީރު ވަނީ ކުރިއަށް އޮތް ތަނުގައި ގުޅުން ބަދަހިކޮށް ޑިޕްލޮމެޓިކް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރ ޒަމީރު، ސްރީލަންކާގެ ޚާރިޖީ ވަޒީރު ޢަލީ ސަބްރީއާ ބައްދަލުކުރައްވައި، ދެޤައުމުގެ ދެމެދުގައި މިހާރުވެސް އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ޒަމީރު ވަނީ ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައި މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ސްރީލަންކާގައި ދިރިއުޅޭ ދިވެހި މުޖުތަމައާ ވެސް މިނިސްޓަރު ވަނީ ބައްދަލުކުރައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ